ކައުންސިލް ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު، ހަމަދު އަބްދުﷲ އެވެ.

އޭނާ ހުށަހެޅުއްވީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، ކައުންސިލަތުންނަށް ވެސް ސާވިސް އެލަވެންސްގެ ނަމުގައި އިތުރު 5000ރ. ދިނުމަށެވެ.

Advertisement

ކައުންސިލްތަކުގެ ރައީސުންނަށް މިހާރު ލިބެނީ 25،500ރ. އެވެ. ކައުންސިލްތަކުގެ ނައިބުރައީސުންނަށް ލިބެނީ 20،000ރ. އެވެ. އަދި، ކައުންސިލްތަކުގެ މެންބަރުންނަށް ލިބެނީ 18،000ރ. އެވެ.

އެގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ، ރަށު ކައުންސިލެއްގެ ރައީސުންގެ މުސާރަ 30،500ރ. އަށް ނައިބު ރައީސުންގެ މުސާރަ 25،000ރ. އަށް އަދި، ކައުންސިލަރުންގެ މުސާރަ 23،000ރ. އަށް ބޮޑުވާނެ އެވެ.

މަމްދޫހުގެ ހުށަހެޅުން ފާސްކުރީ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެވެ. އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު އާއި ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުޣަފޫރު މޫސާ އެ ހުށަހެޅުއްވުމަށް ތާއީދެއް ނުކުރައްވަ އެވެ.

މި ނޫހާ ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، ކައުންސިލް ރައީސުންނާއި ނައިބުރައީސުންގެ އިތުރުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރަން ވެގެން ކަމަށެވެ.

"ކައުންސިލްތަކުގެ މުސާރަ ބޮޑުކުރީމާ އެ ފައިސާ ދާނީ ގްރާންޓުން، އޭރުން މިސާލަކަށް މުވައްޒަފުންގެ މުސާރަ އާއި ކައުންސިލަރުންގެ މުސާރަށް ކަނޑާފައި ދެން ކަމެއް ކުރާނެ ފައިސާއެއް ނޯންނާނެ، އެހެންވީމާ ކައުންސިލްތަކަށް ޖެއްސުންކުރަން ކުރާ ކަމެއް މިއީ،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވަނީ މިއަދުގެ ކޮމިޓީގައި ވެސް އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ދިވެހި ރާއްޖެ އާއި ދުނިޔޭގެ ހާލަތު މި ވަގުތު އޮތް ގޮތުން އެކަން ކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ތައީދެއް ނުކުރެވޭ މި ދަނޑިވަޅުގައި ތި ބަދަލުތައް ގެންނާކަށް، މިހާރު ވިސްނަންޖެހޭނެ ރާއްޖެ މި އޮތް ހާލަތު، ދުނިޔެ މިއޮތް ހާލަތު، އެހެންވީމާ ދައުލަތުގެ ބަޖެޓަށް ހަމަ ތީގެ ސަބަބުން އެތައް ބައިވަރު އިމްޕްލިކޭޝަނެއް އަންނާނެ،" އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

"އަދި މުސާރައެއް ނޫން، އެލަވެންސޭ ކިޔާފައި ބޮޑުކުރިޔަސް ފައިސާ ދަނީ ދައުލަތުން. އެހެންވީމާ އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ ތި އެއްވެސް ބަދަލެއް މި ވަގުތު ގެންނާކަށް."

މާލިއްޔަތު ކޮމިޓީގެ އެ ނިންމުން ދެން ހުށަހެޅޭނީ މަޖިލީހުގެ ތަޅުމަށެވެ. އެ ހުށަހެޅުން ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ސަރުކާރުގެ މިނިސްޓަރުންގެ މުސާރަ ވެސް ބޮޑުކުރަން ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox