ފެނަކަ ހިންގުން ސްޓެލްކޯގެ އެމްޑީ އަޒްވަރުއާ ވަގުތީ ގޮތުން ހަވާލުކޮށްފި

އަޒްވަރު: ފެނަކައިގެ ހިންގުން ހަވާލު ކުރީ އެތަން ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާތީ -- ފޮޓޯ: ސްޓެލްކޯ

އަޒްވަރު: ފެނަކައިގެ ހިންގުން ހަވާލު ކުރީ އެތަން ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާތީ -- ފޮޓޯ: ސްޓެލްކޯ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރުމަށްޓަކައި އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒުވަރު އައްޔަނުކޮށްފި އެވެ.

މި ބަދަލާއެކު ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް އައު މެންބަރަކު ވަނީ އައްޔަނުކޮށްފަ އެވެ.

ފެނަކައިގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އަޒުވަރަކީ ސްޓެލްކޯގެ އެމްޑީ އެވެ. އޭނާ މި މަގާމަށް އައްޔަނުކުރެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް ހުރި މުހިންމު މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ހ. ހުދުރިޔާ، އިބްރާހިމް ނިޒާމެވެ. އޭނާ ބޯޑަށް އައްޔަނުކުރެއްވުމާއެކު ކުންފުނީގެ އިސް ނިންމުންތައް ނިންމުމުގައާއި ސިޔާސަތުތައް އެކުލަވާލުމުގައި އައު ހަކަތައެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. 

ސަރުކާރުން ވަނީ ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލަން ނިންމައިފަ އެވެ. ފެނަކައިގެ އެމްޑީއަކަށް ހުންނެވި މުހައްމަދު އަފީފް ވަނީ އިއްޔެ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އޭނާއަށް ހަމަ އިއްޔެ އެހެން މަގާމެއް ވަނީ ސަރުކާރުން ދީފަ އެވެ. 

ފެނަކަ އުވާލުމުގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެތަނުގެ މަސައްކަތް އެއްކޮށްލާނީ އެމްޓީސީސީއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox