ސްޓެލްކޯ ޖަނަރޭޓަރުތަކުން ގެއްލުންވާތީ ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފި

ހައި ކޯޓު. -- އަދަދު ފައިލް ފޮޓޯ

ހައި ކޯޓު. -- އަދަދު ފައިލް ފޮޓޯ

ސްޓްލެކޯގެ ޖަނަރޭޓަރުތަކުން އަރާ ދުމުންނާއި އިވޭ އަޑުން އަދި ޖެނެރޭޓަރުތަކުން ކުރާ ވައިބްރޭޝަނުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލައެއްގެ އިސްތިއުނާފް ކުރިއަށްގެންދެވޭނެކަން ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. 

މި މައްސަލައަކީ ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ ނުރައްކާތެރި ދުމާއި ގަދަ އަޑުގެ ސަބަބުން، ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ އަސާސީ ހައްގު ގެއްލޭ ކަމަށް ބުނެ ހ. ފެހިހިރީގައި ދިރިއުޅޭ ފަސް މީހަކު ހުށަހެޅި ދައުވާއެކެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. ދަށު ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ސްޓެލްކޯއިން އެދިފައި ވަނީ އެ އިސްތިއުނާފް ބާތިލްކޮށްދޭށެވެ. ހައި ކޯޓުން ގޮތެއް ކަނޑައެޅީ އެ ހުށަހެޅުމަށެވެ. 

"މި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރާނެ ތަނެއް ނެތް ކަމަށް މި އިސްތިއުނާފު ބަލަމުންދާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމައިފިން،" އެ ނިންމުމުގައި ބުނެފައިވެ އެވެ. 

ސްޓެލްކޯއާ ދެކޮޅަށް ދަށު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޖެނެރޭޓަރުތަކުގެ ސަބަބުން ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއްގައި ދިރިއުޅުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ. 

"ސްޓެލްކޯ އިން ގާނޫނާ ހިލާފަށް ޖަނަރޭޓްތަކެއް ބަހައްޓައި، އެ ޖަނަރޭޓްތަކުގެ ކަޅު ވިހަ ދުންތަކާއި، ސިއްހަތަށް ގެއްލުންވާ ބާރުގަދަ އަޑުން އެ ސަރަހައްދު ތަގައްޔަރުކޮށް, އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް ވަނީ ގެއްލުންދީފަ،" އެ ދައުވާގައި ބުނެފައިވެ އެވެ. 

ހ. ފެހިހިރީގައި ދިރިއުޅޭ މީހުންނަށް މާލެ ސަރަހައްދުން އެހެން ބިމެއް ހަމަޖައްސައިދެއްވާނެ ކަމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު، ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން އެ ވައުދުގެ ހަބަރެއް އެ އާއިލާއަކަށް ނުލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox