މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ފެއިލުވެ، އެ މަސައްކަތް ހަވާލުކޮށްފައި އޮތް ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އަށް ވެސް ފަރުވާ ބޭނުންވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ޕަބްލިކް ޕޮލިސީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ ޗެއާޕާސަން މުހައްމަދު ސޮބްރީ ވިދާޅުވީ، ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި އެންޑީއޭގެ ހިންގުން ބޮޑު ކޯމާއެއްގެ ތެރެއަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސޮބްރީ ވިދާޅުވީ ހެލްތު މިނިސްޓްރީގެ ދަށުން އެންޑީއޭ ވަކިކޮށް، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ އެ ޕާޓީން ފެށުނީއްސުރެން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އެންޑީއޭގެ މިހާރުގެ ސީއީއޯ އަކީ އެ މަގާމަށް ބޭނުންވާ ޝަރުތުތައް ހަމަވާ ބޭފުޅެއް ނޫން ކަމަށް ވެސް ސޮބްރީ ތުހުމަތު ކުރެއްވި އެވެ. އަދި މަސްތުވާތަކެތި މައްސަލަ ހައްލުކުރުމަށް އޮތް އެންމެ މުހިންމު ކައުންސިލު ކަމުގައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކައުންސިލު މިހާރު މަސައްކަތް ނުކުރޭ. މި ކައުންސިލުގެ ބައްދަލުވުމެއް ނުބެއްވޭ. މި ކައުންސިލު ނިންމަން ޖެހޭ ނިންމުންތައް ނުނިންމުމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ތަންފީޒުކުރުމުގައި މައްސަލަތައް އެބަ ދިމާވޭ" ކަމަށެވެ.

އެންޑީއޭގެ ފަރުވާގެ ނިޒާމަށް ބަލާއިރު، އެ ތަނުގައި މިވަގުތު ސައިކެޓްރިސްޓެއް ނެތްކަން ސޮބްރީ ވިދާޅުވި އެވެ. އަދި ކުޑަކަމުދާ ތަކެތީގެ ޓެސްޓު ކިޓުތަކުގެ ސްޓޮކް ރަނގަޅަށް ނުބަލަހައްޓާ ކަމާއި، ކުޑަކަމުދާތަކެތި ޓެސްޓު ކުރާ މެޝިން ހަލާކުވެފައި ހުރިތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި އެމްޑީޕީން ސަރުކާރަށް ފާޑުކީ ނަމަވެސް، ސަރުކާރުން ބުނާ ގޮތުގައި ޑްރަގާ ދެކޮޅަށް ސަރުކާރުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ފަރުވާގެ ނިޒާމު ވެސް ހިމަނައިގެން ކިޔާއިރު، ޑްރަގުގެ ފަރުވާގެ ނިޒާމު ކުރިން ހުރި ވަރަށް ވުރެ ހަރުދަނާ ވާނެ ކަމަށް













