މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު: ފައްޔާޒު

Oct 16, 2026, 8:01 AM
ފައްޔާޒް އިސްމާއިލް

ފައްޔާޒް އިސްމާއިލް

 ރައީސް މުހައްމަދު މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އެ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނެގުމާ ގުޅިގެން ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މާލޭ ސިޓީ ކައުންސިލާމެދު ކަންކަން ކުރެއްވި ގޮތުންވެސް އެމަނިކުފާނީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނުކަން ސާފުވާ ކަމަށެވެ.

މާލޭގެ މޭޔަރުކަމުގައި ލާމަރުކަޒީ ނިޒާމުން ލިބިދޭ ހުރިހާ ބާރެއް މުއިއްޒު ބޭނުން ކުރެއްވި ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް މިއަދު ވެރިރަށުގައި ހުރި ހުރިހާ ބިމެއް ސަރުކާރަށް އަތުލާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު. ހައުސިން މިނިސްޓަރަކަށް ހުންނަވައި ސިޓީ ކައުންސިލަށް ހެއްދެވި ގޮތުން އެކަން ސާފުވާނެ. މޭޔަރަކަށް ހުންނަވައި ބޭނުންވީ ހުރިހާ ބަާރެއް. ވެރިކަމަށް އައިސް ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް މިއަދު އެ އަތުލީ ވެރި ރަށުގައި ހުރި ހުރިހާ ބިމެއް،" ފައްޔާޒު ވިދާޅުވި އެވެ. 

މާލޭގެ ކަންކަން ނިންމަން މާލޭގެ ރައްޔިތުން ވޯޓުން ހޮވި ކައުންސިލެއް އޮއްވައި ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ފައްޔާޒު ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް، ސަލާން ޖެހުވުމަށް ކަމަށެވެ.ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައިވަނީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމާ ކަމަށް ފާހަގަކުރައްވަމުން ފައްޔާޒު ވަނީ، ލާމަރުކަޒީ އުސޫލުން ބާރުތައް ދޫކޮށްގެން ތަރައްގީ ގެނެސްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް ވިދާޅުވެފައެވެ.  

މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސުގައި ހުރި މުހިންމު ހުރިހާ ބިމެއް ސަރުކާރަށް ނަގައިފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ސިޓީ ކައުންސިލުގެ އިހުތިސާސުން އިއްޔެ ވަކިކުރި ބިންތަކުގައި ސަރުކާރުން ހިންގާނެ ތަރައްގީގެ މަޝްރޫއެއް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. 

"[ބިންތައް ނެގީ] މާލޭގެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށާއި، އެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށްޓަކައި،" އެ އިއުލާނުގައި ބުނެފައިވެ އެވެ.  

ނަމަވެސް ކައުންސިލުން ވަކިކުރި ބައެއް ބިންތަކުގައި އެއްވެސް މަޝްރޫއުއެއް ނުހިންގަ އެވެ. އޭގެ ތެރޭގައި ރަސްފަންނާއި ތައިސޭ ކޮށި ހިމެނެ އެވެ.  

މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް 

  1. ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
  2. ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
  3. މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
  4. ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
  5. މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
  6. މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް / މިހާރު ވެސް އެބަހުރި)
  7. ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  8. ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
  9. އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
  10. ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
  11. ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
  12. ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  13. ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
  14. މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)

ލާމަރުކަޒީ ގާނޫނު އެންމެ ފަހުން ބަދަލުކޮށްފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ގޮތަށެވެ.

ހަމަ އެހެންމެ، ރަށްރަށުގެ ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

މި ބަދަލުތަކާ ދެކޮޅު ހަދާ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މި ބިލަށް ނަން ދީފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox