އެތުލެޓިކޯ އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

Oct 14, 2026, 6:30 AM
ޔުއެފާ ޗެމްޕިއަންސް ލީގުގައި 53 ސިކުންތު ތެރޭ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަރިއޯސް އުފާފާޅުކުރަނީ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި 53 ސިކުންތު ތެރޭ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަރިއޯސް އުފާފާޅުކުރަނީ.

މެޑްރިޑް (އޮކްޓޫބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، އާސެނަލާއި ބާސެލޯނާ އިން ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ. 

ރަށުންބޭރުގައި ގަލަތަސަރާއި އަތުން ބާސެލޯނާ 4-1 އިން މޮޅުވީ ފަަހަތުން އަރަ އެވެ. އަދި، އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ ފްރާންސްގެ ލިލް އަތުން 3-0 އިން މޮޅުވެފަ އެވެ. 

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 53 ވަަނަ މިނިޓްގައި އެތުލެޓިކޯ އިން ލީޑުނެގީ ޕަބްލޯ ބަރިއޯސް ޖެހި ލަނޑުންނެވެ. މިއީ، އަލެކްސް ބައޭނާ ދިން ބޯޅައަކުން ބަރިއޯސް ޖެހި ލަނޑެކެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރަމުންދިޔައިރު، އެ ޓީމަށް މައްސަަލަ ދިމާވީ، މެޗުގެ 74 ވަނަ މިނިޓްގައި ލެނީ ޔޯރޯ އަށް ރަތެއް ދެއްކުމުންނެވެ. ޔޯރޯ އަށް ރަތެއް ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުގައި ހުރި މޮނީޓަރުން ވެސް ބަަލައިގެންނެވެ. 

ޔުނައިޓެޑްގެ ކުޅުންތެރިއަކު މަދުވިތާ ފަސް މިނިޓް ތެރޭ އެތުލެޓިކޯ އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަޑެމޯލާ ލުކްމަން، ރީބައުންސަކުން ޖެހި ގޯލެކެވެ. މިއީ، ޗެމްޕިއަންސް ލީގުގެ ލީގު ފޭސް އެއް ގޮތަށް ފުރަތަމަ ބުރު ކުޅެން ފެށި ފަހުން، އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅުނު 11 މެޗުގެ ތެރެއިން އެތުލެޓިކޯ އިން ހޯދި ފުރަތަމަ މޮޅެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއި ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ގޯޑަން.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއި ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ގޯޑަން.

ބާސެލޯނާ ކައިރިން ގަލަތަސަރާއި އިން ލީޑުނެގީ އަލެކްސޭ ބަޓްރަކޯވް ޖެހި ލަނޑުންނެވެ. ޖޮއާއޯ ކަންސޭލޯ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ މޮޅުވި ލަނޑުތައް ޖެހީ، ފާމިން ލޮޕޭޒް، އެންތަނީ ގޯޑަން އަދި ކަރީމް އަޑެޔޭމީ އެވެ. ބާސެލޯނާ އިން ވަނީ މި ސީޒަނުގައި އެ ޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. 

ބާސެލޯނާ އިން މި މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން ރަފީނިއާ ނުލަ އެވެ. 

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު އާސެނަލަށް ރޭ ލިލް ކޮޅަށް ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނެވެ. ދެ ވަނަ ހާފުގައި އާސެނަލް މޮޅުކޮށްދިން ލަނޑުތައް ޖެހީ ޖޫރިއަން ޓިމްބާ. އެބެރެޗީ އެޒޭ އަދި ބުކާޔޯ ސަކާ އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގަައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާފާޅުކުރަނީ.
ޔުއެފާ ޗެމްޕިއަންސް ލީގުގަައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާފާޅުކުރަނީ.

އިޓަލީގެ ޗެމްޕިއަން، އިންޓަ މިލާން އަތުން ބެލްޖިއަމްގެ ކްލަބް ބްރޫޖް ވަނީ 4-3 އިން މޮޅުވެފަ އެވެ. ނޯވޭގެ ވައިކިން އިން ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިިކް ކައިރިން ދެ ގޯލުގެ ލީޑެއް ނެގި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

އިޓަލީގެ ނަޕޯލީ އަތުން ސްޕެއިންގެ ވިޔަރެއާލް ވަނީ 3-1 އިން މޮޅުވެފަ އެވެ. އަދި، ލައިޕްޒިގުން ވަނީ 1-0 އިން ޕީއެސްވީ އައިންދޯވަންގެ މައްޗަށް ކުރިހޯދައިފަ އެވެ. 

ފްރާންސްގެ ލޯންސް އަތުން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން 2-0 އިން މޮޅުވިއިރު، އަޒަރުބައިޖާންގެ ސަބާ އެފްސީން 2-0 އިން ވަނީ ސްލާވިއާ ޕްރާގު އަތުން މޮޅުވެފަ އެވެ. މިއީ، މީގެ ނުވަ އަހަރު ކުރިން ވުޖޫދުވި ސަބާ އަށް ޗެމްޕިއަންސް ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox