ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު ހިމެނޭ

Oct 17, 2026, 3:22 PM
ބާސެލޯނާ ކޭމްޕް ނޯ ސްޓޭޑިއަމް: ރަގްބީ ވޯލްޑް ކަޕްގެ ބިޑްގައި މި ސްޓޭޑިއަމް ހިމެނޭ.

ބާސެލޯނާ ކޭމްޕް ނޯ ސްޓޭޑިއަމް: ރަގްބީ ވޯލްޑް ކަޕްގެ ބިޑްގައި މި ސްޓޭޑިއަމް ހިމެނޭ.

މެޑްރިޑް (އޮކްޓޫބަރު 17) - ސްޕެއިނުން 2035 ވަނަ އަހަރު ރަގްބީ ވޯލްޑް ކަޕް ބާއްވަން ކުރި ބިޑްގައި ބޭނުންކުރާނެ ސްޓޭޑިއަމްތަކުގެ ތެރޭގައި، ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނަބައު އާއި ބާސެލޯނާގެ ނޯ ކޭމްޕް ވެސް ހިމަނައިފި އެވެެ. 

ސްްޕެއިނުގެ ރަގްބީ ފެޑެރޭޝަނުން ބުނީ، މިހާތަނަށް ތާރީހުގައި ވެސް ބާއްވާ އެންމެ ފުރިހަމަ ރަގްބީ ވޯލްޑް ކަޕް ހޯސްޓްކުރުމަކީ ސްޕެއިނުގެ ހާއްސަ އަމާޒުކަމަށެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 700 މިލިއަން ސްޕެނިޝް ބަހުން ވާހަކަ ދައްކާ މީހުން އެބަތިބި ކަމަށާއި މިއީ ވެސް ރަގްބީ ވޯލްޑް ކަޕްގެ މައުލޫމާތު ފުޅާކޮށް ގެންދަން ބާރު އެޅޭނެ ކަމެއް ކަމަށެވެ. 

ރަގްބީ ވޯލްޑް ކަޕް، 2035 ވަނަ އަހަރު ބޭއްވުމުގެ ބިޑް ސްޕެއިނަށް ކާމިޔާބުވެއްޖެނަމަ، ފައިނަލް މެޗު ކުޅެން ނިންމާނީ ބާސެލޯނާގެ ނޯ ކޭމްޕްގަ އެވެ. އަދި، އެއާ އެކު ވެގެންދާނީ، 100،000 މީހުންނަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރަގްބީ ވޯލްޑް ކަޕެއްގެ ފައިނަލް ކުޅޭނެ ފުރަތަމަ ފަހަރަށެވެ. 

ސްޕެއިނުގެ ރަގްބީ ޓީމުގެ މެޗެއްގެ ތެރެއިން.
ސްޕެއިނުގެ ރަގްބީ ޓީމުގެ މެޗެއްގެ ތެރެއިން.

އަންނަ އަހަރުގެ ޖުލައި/އޮގަސްޓް ހިސާބުގައި، 2035 ގެ ރަގްބީ ވޯލްޑް ކަޕް ހޯސްޓްކުރާނެ ގައުމެއް އިއުލާނުކުރަން ތައްޔާރުވަމުން އަންނައިރު، ސްޕެއިނާ ވާދަކުރަން، އާޖެންޓީނާ އާއި ޖަޕާނުން ވެސް އަންނަނީ ބިޑް ތައްޔާރުކުރަމުންނެވެ. 

ސްޕެއިނުން ރަގްބީ ވޯލްޑް ކަޕްގެ ކަންކަން ފުރިހަމަ ކުރުމާއި ޕްރޮޕޯސަލް ވަރުގަދަކުރުމަށް ބާރު އެޅުމަށްޓަކައި، 2030 ވަނަ އަހަރު ސްޕެއިނުން މޮރޮކޯ އާއި ޕޯޗުގަލްގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ކަންކަން ވެސް ރަގްބީ ވޯލްޑް ކަޕްގައި ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ދުރާލާ ރޭވިގެން، އޮފިޝަލުންނާއި ސެކިއުރިޓީން ތަމްރީން ކުރުމާއި ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކަށް ކަންކަން ރޭވުން ވެސް ހިމެނެ އެވެ. 

ރެއާލްގެ ސަންޓިއާގޯ ބާނަބައު އާއި ބާސެލޯނާގެ ނޯ ކޭމްޕްގެ އިތުރުން، ދެން، ފުޓްބޯޅަ ޓީމެއްގެ މަޝްހޫރު ދަނޑެއް ރަގްބީ ވޯލްޑް ކަޕްގެ ބިޑްގައި ހިމަަނާފައިވަނީ، ވެލެންސިއާގެ އެސްޓަޑިއޯ މަސްޓެއްޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox