ޑްރަގު ކެފޭއެއްގެ ގޮތުގައި ހިންގަމުންދިޔަ އެޕާޓުމެންޓަކުން ހަ މީހުން ހައްޔަރުކޮށްފި

މީގެ ކުރިން ފުލުހުން ހޯދި ޑްރަގު ކެފޭއެއް. - ފޮޓޯ: އާއިމް ޒަމީރު / އަދަދު

މީގެ ކުރިން ފުލުހުން ހޯދި ޑްރަގު ކެފޭއެއް. - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ޑްރަގު ކެފޭއެއްގެ ގޮތުގައި ހިންގަމުންދިޔަ އެޕާޓުމެންޓަކުން ހަ މީހުން ހައްޔަރުކޮށްފި އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

އެ މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، އެ ހަ މީހުން ހައްޔަރުކުރި އެޕާޓުމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ކައްޓާގެ އިތުރުން ފައިސާ ވެސް ފެނިފައިވެ އެެވެ.

ކޯޓުގައި ފުލުހުން ބުނެފައި ވަނީ އެ އެޕާޓުމެންޓަކީ މަސްތުވާތަކެތި ވިއްކާ ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއް ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އަޒްމީ ރަޝީދު، ފިނިވާގެ، ރ. އަނގޮޅިތީމު އާއި އަހުމަދު ނޫހު މުހައްމަދު، ކެމަރާގެ، ރ. ދުވާފަރު އާއި މުހައްމަދު ހަމްދާން، ވައިޓްރޯސް، ކ. ތުލުސްދޫ އާއި އަހުމަދު އަކްރަމް، ހ. މިލްކުބުޝް، ކ. މާލެ ގެ އިތުރުން، މައިޝަމް މުހައްމަދު، ދޯދިލް، ފ. ފީއަލި އަދި، ޒަޔާން ޔޫސުފް، ކުޅުދޫ، ގުލްފާމްގެ، ނ. ކެނދިކުޅުދޫ އެވެ.

އެ ހަ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުން އެނގެ އެވެ. އަދި، އެ ތަނުން ޒަޔާންގެ އަތުން 18،200ރ. ފެނިފައިވާ ކަމާއި އެ ފައިސާއަކީ އޭނާ ފޯނެއް ގަތުމަށް އެއްކުރި ފައިސާ ކަމަށް ކޯޓުގައި ބުނެފައިވާކަން ވެސް ކޯޓު އަމުރުން އެނގެ އެވެ.

އެ މީހުންގެ ތެރެއިން، މަސްތުވާތަކެއްޗާ ހަވާލުވެފައި ވަނީ އަޒްމީ ރަޝީދު އެވެ. އޭނާ ބުނެފައި ވަނީ އެ ތަކެއްޗަކީ އޭނާ ބޭނުންކުރުމަށް ގެންގުޅޭ ތަކެތި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox