މަސްތުގެ ހާލުގައި ހުރެ، އާންމު އުނދަގޫކުރާ ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި ހުރެ އާންމު އުނދަގޫ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: ސްނެޕްޝޮޓް

މަސްތުގެ ހާލުގައި ހުރެ އާންމު އުނދަގޫ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: ސްނެޕްޝޮޓް

މަސްތުގެ ހާލުގައި ހުރެ، އާންމު އުނދަގޫކުރާ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަހުމަދު ފައިރަޝް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މި އަހަރުގެ ކުރީކޮޅު މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ވެސް 15 ދުވަސް ބަންދުގައި ހޭދަކޮށްފައިވާ މީހެކެވެ.

އެކަމާ ބެހޭގޮތުން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް އަދަދު ނޫހަށް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށްފަހު، އެ މައްސަލައަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދެވޭތޯ ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.

"އެ ކަން ހައްލު ކޮށްދިނުމަށްޓަކައި ގާނޫނުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނަން، މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެނެސް ފިޔަވަޅު އަޅާފައި،" ޝިޔާމް ވިދާޅުވި އެވެ.

އެ މީހާ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ އުނދަގުލުން ސަލާމަތް ކޮށްދިނުމަށް އެދި ފުލުސް އޮފީހުގައި މިއަދު މީހަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ.

ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންގައި މިއަދު ހެނދުނުން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ މުހައްމަދު ސައީދު މި ނޫހަށް ބުނީ، ހަޅުތާލު ކުރަންޖެހުނީ ދޮޅު އަހަރުދުވަސްވީއިރު، ވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބުމުން ކަމަށެވެ.

"މަގުމައްޗަށް ހަމަ ކުއްލިއަކަށް ހުރެފައި ފެން އުކާނެ، ތެޔޮ އުކާނެ، ދެން ސޯސަންމަގު ކޮޅުގައި ހުންނާނެ ވެމްކޯ މީހުން ބޭނުންކުރާ މަގު ބަންދުކުރާ ބޯޑުތަކެއް، އެ ބޯޑުތައް ގެނެސް ބޯޑުތައް ބަހައްޓައި [މަގަށް] ނުވަދެވޭ ގޮތަށް، ކުޑަކުދިން ގޮވައިގެން ދާއިރު ވެސް އެންމެ ނުބައިއެއްޗެހި ކިޔާނެ،" ސައީދު ބުންޏެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހާ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނާއި އެ މަގުތަކުން ދަތުރުކުރާ މީހުންނަށް އެތައް ތުރާލެއް ޖައްސަމުންދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox