ބަނގުރާ ނެޓްވޯކުގެ އިސް މީހާ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފި

ބަނގުރާ ނެޓްވޯކުގެ އިސް މީހާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މުހައްމަދު ރަޝްވާން އައްބާސް: މައްސަލައިގައި ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ދެ ބިދޭސީންނަކީ ރަޝްވާންގެ މުވައްޒަފުން -- ފޮޓޯ: ފުލުހުން

ބަނގުރާ ނެޓްވޯކުގެ އިސް މީހާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މުހައްމަދު ރަޝްވާން އައްބާސް: މައްސަލައިގައި ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ދެ ބިދޭސީންނަކީ ރަޝްވާންގެ މުވައްޒަފުން -- ފޮޓޯ: ފުލުހުން

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގެ އިސް މީހާ ކަމަށް ތުހުމަތުކޮށް ދިވެއްސަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއް ބަލައި ފާސްކޮށް އަތުލައިގަތް ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް، 53، ކަމަށެވެ. އޭނާގެ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. 

"ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި، މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ހ. ކަރޯގެ، މާލެ، މުހައްމަދު ރަޝްވާން އައްބާސް، 53، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު،" ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މި ނެޓްވޯކާ ގުޅިގެން ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ދެ ބިދޭސީންނަކީ ރަޝްވާންގެ މުވައްޒަފުން ކަމަށާއި ބަނގުރާ ވިއްކަނީ ރަޝްވާނުގެ އިރުޝާދަށް ކަމަށް މުވައްޒަފުން ބުނެފައިވާ ކަމަށެވެ. 

ރަޝްވާން ކޯޓުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި ބަނގުރާ ފެނުނު ތަން ބަލައި ފާސްކޮށްފައިވަނީ އޭނާ އާއި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ މީހެއްގެ ހާޒިރުގައި ނޫން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން ބިދޭސީންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ  އަލް އަމީން, 34، އާއި ޕޮލިން, 43، އަދި އެމްޑީ ރަކިބް ހޮސެން، 25، އެވެ. އޭގެ ތެރެއިން އަލް އމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރިއިރު، ރަކިބްގެ ބަންދަށް ޖެހީ 15 ދުވަހެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 826 ބަނގުރާ ފުޅި އަތުލައިގަތެވެ. އެ ތަކެތި ހުރީ ހާމައަށް ސްޓޯ ރޫމެއްގެ އެކި ތަންތަނުގައި ބަހައްޓާފަ އެވެ. 

މީގެއިތުރުން އަތުލައިގަތް ބައެއް ބަނގުރާ ފުޅިތައް ފޮށިތަކުގައި ބަންދުކޮށްފައި ހުރިއިރު، އެ ފޮށިގަނޑުތަކުގައި ބަނގުރާގެ ބްރޭންޑްތައްވެސް ލިޔެފައި ހުއްޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox