މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެއްގެ އުނދަގުލުން ސަލާމަތް ކޮށްދިނުމަށް އެދި ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް

އާންމު އުނދަގޫ ކުރަމުންދާ ކަމަށް ބުނާ މީހާ -- ފޮޓޯ: ފޭސްބުކް

އާންމު އުނދަގޫ ކުރަމުންދާ ކަމަށް ބުނާ މީހާ -- ފޮޓޯ: ފޭސްބުކް

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެއްގެ އުނދަގުލުން ސަލާމަތް ނުވުމުން ހައްލެއް ހޯދައިދިނުމަށް އެދި ފުުލުހުންގެ މަރުކަޒުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންގައި މިއަދު ހެނދުނުން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ މުހައްމަދު ސައީދު މި ނޫހަށް ބުނީ، ހަޅުތާލު ކުރަންޖެހުނީ އެކަމަށް އެއްވެސް ހައްލެއް ނުލިބުމުން ކަމަށެވެ.

އެގޮތުން، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހާ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނާއި އެ މަގުތަކުން ދަތުރުކުރާ މީހުންނަށް އެތައް ތުރާލެއް ޖައްސަމުންދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"މި ތަނަށް އައިސް އަހަރެން ބަޔާން ދިން ފަހުން ވެސް 6 މަސް ވެދާނެ. މި ކަމުގައި ކޮންޓިނުއަސްކޮށް މައްސަލަ ހުށަހަޅާތާ ދޮޅު އަހަރުވެއްޖެ، ދެން ފުލުހުންގެ އިންނާނެ ޑެޑް [ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓު] ކިޔާ ޑިޕާޓުމެންޓެއް، އެ މީހުންނަށް ވީޑިއޯތައް ވެސް ހުށަހަޅައިފަ ހުންނާނީ، 20 އަށްވުރެ ގިނަ ވީޑިއޯ. މިނިސްޓަރާ ހަމައަށް ވެސް މި މައްސަލަ ގެންދިޔައިން، އޭގެ ފަހުން ވެސް ދެ މަސް ވެއްޖެ،" ސައީދު ބުންޏެވެ.

އޭނާ ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އާންމު އުނދަގޫ ކުރަމުން ދަނީ އަހުމަދު ފައިރަޝް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި، އޭނާއަކީ މި އަހަރުގެ ކުރީކޮޅު މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ވެސް 15 ދުވަސް ބަންދުގައި ހޭދަކޮށްފައިވާ މީހެކެވެ.

"މަގުމައްޗަށް ހަމަ ކުއްލިއަކަށް ހުރެފައި ފެން އުކާނެ، ތެޔޮ އުކާނެ، ދެން ސޯސަންމަގު ކޮޅުގައި ހުންނާނެ ވެމްކޯ މީހުން ބޭނުންކުރާ މަގު ބަންދުކުރާ ބޯޑުތަކެއް، އެ ބޯޑުތައް ގެނެސް ބޯޑުތައް ބަހައްޓައި [މަގަށް] ނުވަދެވޭ ގޮތަށް، ކުޑަކުދިން ގޮވައިގެން ދާއިރު ވެސް އެންމެ ނުބައިއެއްޗެހި ކިޔާނެ،" ސައީދު ބުންޏެވެ.

އޭނާ ހައްޔަރުކޮށްގެން ވިޔަސް، އެ މައްސަލައަށް ހައްލެއް ހޯދައިނުދެނީ ފުލުސް އޮފީހުގައި ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓައިނުލާނެކަމަށް ސައީދު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox