ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އެކަކު ހަައްޔަރުކޮށްފި

ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން މުހައްމަދު ސައިފް: އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފައި -- ފޮޓޯ: ފުލުހުން

ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން މުހައްމަދު ސައިފް: އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފައި -- ފޮޓޯ: ފުލުހުން

ހުޅުމާލެ ފޭސް 2، ގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް ފުލުހުންނަށް ފިލަން އުޅެނިކޮށް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އެކަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް، 27 ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. 

އޭނާއަކީ ލައިސަންސް ނެތި  ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. 

މި އެކްސިޑެންޓުގައި ސައިފް ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމުން ފަރުވާދެމުންދަނީ އައިސީޔޫގަ އެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވި އެއް ސައިކަލުގައި ތިން މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށް ކަމަށާއި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށްވެސް ބެލެވޭ ކަމަށެވެ. އޭގެއިތުރުން އެ ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން ހ. ލާމިޔާ، އަހްމަދު އުވެއިސްއަކީ ގެސްޓްހައުސްއަކަށް ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕެއް ފޮނުވި މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ މުއްދަތު ހަމަނުވަނީސް މި މަހު ފުލުހުންގެ ބަންދުން ދޫކޮށްލި މީހެކެވެ. 

މަކަރާއި ހީލަތުގެ މި މައްސަލައިގައި އުވެއިސްގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ އޮކްޓޯބަރު 16، އަށެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި އޭނާގެ މައްސަލައިގެ ތަހުގީގު ނިމުމުން އެ މުއްދަތު ހަމަވުމުގެ ކުރިން މި މަހުގެ 6، ގައި ދޫކޮށްލާފައިވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox