ރެއާލަށް ރޯމާ އަތުން ތަފާތު މޮޅެއް، ޕީއެސްޖީން މެންޗެސްޓާ ސިޓީ ބަލިކޮށްފި

Oct 15, 2026, 8:11 AM
ރެއާލްގެ އެންޑްރިކް އާއި ރޫޑިގާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރެއާލްގެ އެންޑްރިކް އާއި ރޫޑިގާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރޯމް (އޮކްޓޫބަރު 15) - ޔުއެފާ ޗެމްޕިއަަންސް ލީގުގައި ރޭ ރެއާލް މެޑްރިޑުން  4-3 އިން ރޯމާ އަތުން ފަހަތުން އަރައި މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މެންޗެސްޓާ ސިޓީ ދަނޑުގައި 4-2 އިން އެ ޓީމު ބަލިކޮށްފި އެވެ. 

އަމިއްލަ ދަނޑުގައި ރޯމާ އިން ވަނީ މާޓިން ޑެ ރޫންގެ ގޯލުން 20 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެކަމަކު، އޭގެ ފަސް މިނިޓް ފަހުން ކީލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެެވެ. 

ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން، ނެދަލެންޑްސްގެ ފޯވާޑް، ޑޮންޔެލް މާލެން ވަނީ ދެ ލަނޑު ޖަހައި، ރޯމާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އަދި، އެ ލީޑާ އެކު، މެޗުގެ 83 ވަނަ މިނިޓާ ހަމައަށް ރޯމާ އޮތީ ކުރީގަ އެވެ. އެހެން ނަމަވެސް ބަދަލު ކުޅުންތެރިން ދެއްކި ތަފާތާ އެކު، ހޯސޭ މޮރީނިއޯގެ ރެއާލް މެޑްރިޑުން ނަތީޖާ އަނބުރާލީ އެވެ. 

މެޗުގެ 83 ވަނަ މިނިޓްގައި ކާލޮސް އެސްޕީ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، އެންޑްރިކް ވަނީ ލަނޑު ޖަހައި ރެއާލަށް އެއްވަރުކޮށްދީފަ އެވެ. މެޗުން ރެއާލް މޮޅުވި ލަނޑު ޖެހީ ކުރީން ރޯމާ އަށް ވެސް ކުޅުނު ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ އެވެ. 

އެންމެ ފަހުން ދެ ސީޒަނުގެ ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ވަނީ ރޭގެ މެޗުގެ 32 މިނިޓް ތެރޭ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މި ލަނޑުތައް ޖެހީ ޑެޒީރޭ ޑޫއޭ، އޮސްމާން ޑެމްބެލޭ އަދި ވިޓީނިއާ އެވެ. އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ވަނަ ހާފުގެ ހަ ވަނަ މިިނިޓްގައި ސިޓީ އަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. 

އެކަމަކު، މެޗުގެ 62 ވަނަ މިނިޓްގައި، މަގްނެސް އަކްލިއޫޝް ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ސިޓީ އަށް މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދިނީ، 75 ވަނަ މިނިޓްގައި ހާލަންޑް އެވެ.

ލިވަޕޫލުން ވަނީ ރޭ ބްރެޑްލީ ބާކޮލާގެ ހެޓްރިކާ އެކު، 6-3 އިން އޮސްޓްރިއާގެ ލާސްކް ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އިން 6-0 އިން ފެނަބާޗޭގެ މައްޗަށް ކުރިހޯދިއިރު، ފެޔަނޫޑުން 3-2 އިން ކޯމޯ ބަލިކުރި އެވެ. އަދި، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް ބެޓިސް އިން 3-2 އިން ޕޯޓޯ ބަލިކުރި އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox