ގެއަކަށް ވަދެ ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދަށް

ފޭރުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން

ފޭރުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. 

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ ގ. ގަސްރު، ތަލާލް މުހައްމަދު، 41، އަދި މ. މުލި، ނައިޓްރޯސް، އަހްމަދު އުބައިދު، 46 އެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. 

މި މައްސަލައާ ގުޅިގެން ގަލޮޅު ގޭގެ އާއިލާ މީހަކަށް ތުހުމަތު ކުރެވިގެން އޭނާވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. އެއީ ހއ. ހޯރަފުށި، އަޅިވިލާގެ، ޒާހިރު އަލިދީދީ، 41 އެވެ. 

ފުލުހުން ބުނީ މައްސަލައިގައި ޒާހިރު އަލިދީދީގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށާއި ހާދިސާގެ ކުރިން ފޭރުނު މީހުން އޭނާއާއެކު ހަރަކާތްތެރިވި ކަމަށެވެ.

"އެގެއަށްވެސް މީނާ [ޒާހިރު އަލިދީދީ] އާއެކު ދިޔަ ކަމަށާއި، ހާދިސާއަށް ހައްޔަރުކުމާ ހަމައަށް މީނާ ގެއަށް އެނބުރި އައިސްފައި ނުވާކަމަށާއި، މީނާ ހައްޔަރުކުރެވުނީ މި އަމަލު ހިންގުމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި އޭނާއާއެކު ހުއްޓާކަމަށް އައިއޯ ފާހަގަކުރި،" ކޯޓު އަމުރުގައި ބުންޏެވެ. 

ފުލުހުންގެ ވާހަކަތަކަށް ރައްދުދެމުން ޒާހިރު އަލިދީދީ ބުނީ އެކަން ކުރި މީހުންނަކީ އޭނާއާ ގޭމެއްގެ ތެރެއިން ދިމާވި މީހެއް ކަމަށާއި އެމީހުން އޭނާ ހިފަހައްޓަފައި ނުދެވޭ ގޮތަށް ހެދުމަށްފަހު ތަޅުދަނޑި ހިފައިގެން ގޮސް ކުރި ކަމެއް ކުރީ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox