ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރުމިނުގައި ދުއްވާފައި ގޮސް ގަސްތުގައި

Oct 17, 2026, 11:36 AM
ސިނަމާލެ ބްރިޖު: ބްރިޖު މަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސިނަމާލެ ބްރިޖު: ބްރިޖު މަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަދު ފަތިހު ފުލުހެއް ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ރާވައިގެން ގަސްތުގައި ކަމަށާއި އެ ސައިކަލު ދުއްވީ 100 ކިލޯމީޓަރަށްވުރެ ބާރުމިނުގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ބުނެފި އެވެ. 

ޕޮލިސް ކޮމިޝަނަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލެއަށްދާ ހައިވޭގައި ޑިއުޓީއަށް ހުރި ޕޮލިސް އޮފިސަރު ގައިގައި ސަައިކަލުން ޖެއްސީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ފުލުހުން ފަށާފައިވާ ކެމްޕެއިނަށް ހުރަސް އަޅައި ނަފްސާނީ ގޮތުން ފުލުހުން ބަލިކަށިކުރަން ކަމަށެވެ. 

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ،" އެ ބަޔާނުގައި ކޮމިޝަނަރު ވިދާޅުވި އެވެ. 

އެ ހާދިސާގައި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. ފުލުސް މީހާގެ ދަތް ބިނދި، އަނގަމަތި ވަނީ ފަޅައިގެން ގޮސްފަ އެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިވަގުތު ދަނީ ފަރުވާދެމުންނެވެ. ކޮމިޝަނަރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޑިއުޓީ އޮފިސަރު ގައިގައި ޖެއްސި ސައިކަލު ދުއްވީ ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރު މިނެއްގައި ކަމަށެވެ. 

"މިހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން،" އެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ. 

ފުލުސް މީހާގެ ގައިގައި ޖެއްސީ ހަތަރު ސައިކަލު ރޭވިގެންނެވެ. ފުލުސް އޮފިސަރު ގައިގައި ޖެއްސި ސައިކަލު ދުއްވި ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެކަމުގައި އުޅުނު ކަމަށް ބެލެވޭ އިތުރު ސައިކަލެއް ނަގައި އިތުރު ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

"މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ .... މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ. އަދި މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ،" ކޮމިޝަނަރު ވިދާޅުވި އެވެ. . 

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފުލުހުންނަށް ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް ފަސްޖެހުމެއް ނެތި ޓްރެފިކުގެ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

"ފުލުހުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން. މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ވާހަކަ ވެސް މިފުރުސަތުގައި ދަންނަވަން،" އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox