ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ޑިއުޓީ ކުރަން ހުރި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް

Oct 17, 2026, 8:20 AM
މަގު ބެލެހެއްޓުމުގައި ފުލުހަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު ފައިލް

މަގު ބެލެހެއްޓުމުގައި ފުލުހަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލެއަށްދާ ހައިވޭގައި ވަރަށް ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގުމަތީ ޑިއުޓީ ކުރަން ހުރި ފުލުހެއް ގައިގައި ޖެހި އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. 

އެ ހާދިސާ ހިނގީ ފަތިހު 4:29 ހާއިރު ކަމަށް ފުލުހުން ތަރުޖަމާނު ވިދާޅުވި އެވެ. އަނިޔާ ލިބުނު ފުލުސް މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

"އަނިޔާވި ޕޮލިސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭގައި ދަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ. 

ބާރު ސްޕީޑުގައި ދުއްވި ސައިކަލު ފުލުހުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލާއި ސައިކަލު ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މީގެ ކުރިން ޖޫން 1، 2013، ގައި ވެސް ޑިއުޓީ ކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖެހި ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި ކޮންސްޓަބަލް މިސްބާހު އަބްދުﷲ، 22، ވަނީ ނިޔާވެފަ އެވެ. 

މިސްބާހު ގައިގައި ސައިކަލުން ޖެއްސީ ގަސްދުގަ އެވެ. އެއީ އޭގެ ކުރިން ވެސް ފުލުހުން ގައިގައި ސައިކަލުން ޖައްސައިގެން ހަމަލާތަކެއް ދިން ދެ މީހުން ކަމަށް އެއިރު ފުލުހުން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox