ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ވަޒީރުން ބުނި: ޒަމްޒަމް ފާރިޝް

ޒަމްޒަމް ފާރިޝް: އޭނާއަކީ، އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރެއް އަދި ސޯޝަލް މީޑިއާ ޝަހްސިއްޔަތެއް -- ފޮޓޯ: ޒަމްޒަމް ފާރިޝް ފޭސްބުކް

ޒަމްޒަމް ފާރިޝް: އޭނާއަކީ، އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރެއް އަދި ސޯޝަލް މީޑިއާ ޝަހްސިއްޔަތެއް -- ފޮޓޯ: ޒަމްޒަމް ފާރިޝް ފޭސްބުކް

ރަސްމާލެއިން އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް މި ސަރުކާރުގެ ވަޒީރުން އޭނާ ގާތު ބުނި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ބުނެފި އެވެ.

ފޭސްބުކްގައި ޒަމްޒަމް ކުރި ޕޯސްޓެއްގައި ބުނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި މި ސަރުކާރުގެ ވަޒީރު ފެންވަރުގެ ފަސްވަރަކަށް ބޭފުޅުންނާ ބައްދަލުކުރި ކަމަށެވެ. އަދި، އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާ ވާހަކަދައްކާފައިވާނެ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

"އަޅުގަނޑުމެންގެ ގާތުގައި ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވެފައިވަނީ، އެ ތަނުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމުގަ. އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީގެ ކަމުގަ. ދިވެހި ފުލުހުންނަށް ކްރައިމްއެއް ހިނގައިގެން ރިޕޯޓު ކުރީމަ ކަމުގަ. ދިވެހި ފުލުހުންނަށް ހަމައެކަނި ލިބޭނީ އެ ތަނުގެ ސީސީޓީވީ ކެމެރާތަކުގެ އެކްސެސް ކަމުގަ،" ޒަމްޒަމް ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ވާހަކަތައް އެގޮތަށް ސަރުކާރުގެ ވަޒީރުން ދެއްކި ކަމަށް އޭނާއާއެކު އެ ބައްދަލުވުންތަކުގައި ބައިވެރިވި އެހެން ޝެއިހުން ހެކިވާނެ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

ރަސްމާލެ ޑީލްއާ ގުޅޭގޮތުން މިހައިތަނަށް 70 އަށްވުރެ ގިނަ ޝެއިހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ޝެއިހަކު ފިޔަވައި ދެން ތިބި ހުރިހާ އެންމެން ވެސް އެ މަޝްރޫއުއާ މެދު ކަންބޮޑުވުން ހުރި ކަމަށް ޒަމްޒަމް ގެ ޕޯސްޓުގައި ބުންޏެވެ.

އޭގެ އިތުރުން، ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އިލްމުވެރިންގެ ގުޅުމުން 100 އެއްހައި ސަފުހާގެ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ޒަމްޒަމްގެ ޕޯސްޓުގައި ބުންޏެވެ. އެ ރިޕޯޓު ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

"އެ ރިޕޯޓު ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް އަވަހަށް ފޯރާނެކަމުގައި އުއްމީދު ކުރެވެ އެވެ. އޭރުން ތިޔަ ބޭފުޅުންނާއި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް މިކަމުގެ ހަގީގަތް ސާފުވާނެ ކަމުގައި އުއްމީދު ކުރަން،" އެ ޕޯސްޓުގައި ބުންޏެވެ.

ޒަމްޒަމް މިފަދަ ޕޯސްޓެއް ކުރީ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އޭނާ ދޮގުހަދަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު، އަލީ އިހުސާން އިންޒާރު ދެއްވުމުންނެވެ.

އިހުސާން، ޒަމްޒަމްއަށް "އިންޒާރު" ދެއްވީ ވެސް ފޭސްބުކްގަ އެވެ. އިހުސާން ތުހުމަތު ކުރެއްވީ ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ޒަމްޒަމް ދަނީ "ފިތުނަފަސާދަ އުފެދޭނެހެން ދޮގު ވާހަކަ" ފަތުރަމުންދާ ކަމަށެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ރަސްމާލެ ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އީގަލް ހިލްސް އިން އެންމެ ފުރަތަމަ ބުނީ، ރަސްމާލެއިން ތަނެއް ވިއްކާލުމުން ގަންނަ ފަރާތަށް 99 އަހަރުގެ އާ ލީސް ޕީރިއަޑެއް ލިބޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox