ރަސްމާލެ ޑީލަށް ފާޑުކިޔާތީ ޒަމްޒަމްއަށް ހޯމް މިނިސްޓަރު އިހްސާން އިންޒާރު ދެއްވިކަމުގެ ތުހުމަތު

Oct 17, 2026, 9:42 AM
ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ ޒަމްޒަމް ހަދަނީ ދޮގު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ ޒަމްޒަމް ހަދަނީ ދޮގު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލުމާމެދު ފާޑުކިޔާތީ ހޯމް މިނިސްޓަރު އަލީ އިހުސާން އޭނާއަށް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް ޝެއިހު ޒަމްޒަމް ފާރިޝް ތުހުމަތުކޮށްފި އެވެ. 

އޭނާއަށް ހޯމް މިނިސްޓަރު އިންޒާރު ދެއްވި ކަމަށް ޒަމްޒަމް ތުހުމަތު ކުރީ، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އޭނާ ދޮގުހަދަމުންދާ ކަމަށް އިހުސާން ވިދާޅުވުމުންނެވެ. 

"މިއަދު ބާރު އޮތީތީ ތިޔަގޮތަށް އިންޒާރު ދެއްވިދާނެ. ޖަލަށް ވެސް ލެވިދާނެ. ނަމަވެސް އަލުން ބައްދަލުވާނެ ދުވަހެއް އަދި އެބައޮތްކަން ހަނދުމަފުޅުގައި ބަހައްޓަވާ. މާތް ﷲ އަށް ބިރުވެތިވޭ. އެކަލާނގެ ކޯފާއަށް ބިރުވެތިވޭ،" ޒަމްޒަމް ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ. 

ހޯމް މިނިސްޓަރު އިހުސާން، ޒަމްޒަމްއަށް "އިންޒާރު" ދެއްވީ ވެސް ފޭސްބުކްގަ އެވެ. އިހުސާން ތުހުމަތު ކުރެއްވީ ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ޒަމްޒަމް ވަނީ "ފިތުނަފަސާދަ އުފެދޭނެހެން ދޮގު ވާހަކަ" ފަތުރަމުންދާ ކަމަށެވެ. 

މި ޕްރޮޖެކްޓާއި ގުޅުވައިގެން ރައްޔިތުންތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދާއިރު ގައުމީ ސަލާމަތާއި ގުޅޭކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ދަންނަވަން. ކަންކަމުގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެނގޭފަރާތްތަކުން ސާފުކުރުމަށް ދަންނަވަން،" އިހުސާން ވިދާޅުވެފައިވެ އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ރަސްމާލެ ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އީގަލް ހިލްސް އިން އެންމެ ފުރަތަމަ ބުނީ، ރަސްމާލެއިން ތަނެއް ވިއްކާލުމުން ގަންނަ ފަރާތަށް 99 އަހަރުގެ އާ ލީސް ޕީރިއަޑެއް ލިބޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox