ކުރިއަށް އޮތް ދެ އަހަރު ސަރުކާރު ދާނީ އޮޔާދާ ބޮނބިގަނޑެއްހެން: މަތީން

Oct 17, 2026, 9:08 AM
އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން; އޭނާ ދަނީ ރަސްމާލެ ޑީލާމެދު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން; އޭނާ ދަނީ ރަސްމާލެ ޑީލާމެދު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިސްރާބު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހުންނާނީ "އޮޔާދާ ބޮނބިގަނޑެއް ހެން" އެއްވެސް އަމާޒެއް ނެތި ކަމަށް، އެމްޑަބްލިޔޫއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވަނީ، ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ހުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މުއިއްޒު ކަންކަން ކުރައްވާ ގޮތާއި އަމަލުކުރައްވަމުން ގެންދެވި ގޮތަށް ބަލާއިރު، 2028 ﷲ ގެ އިރާދަފުޅުން ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ އެއްގޮތެއް ވެސް ނެތް،" މަތީން ވިދާޅުވި އެވެ.

މަތީން ވަނީ ސަރުކާރުގެ ސިޔާސަތުތަކުގައި ވަކި ސާފު މިސްރާބެއް ނެތްކަން ފާހަގަކުރައްވައި، އެކަމުގެ މިސާލެއްގެ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއު ނަންގަވާފަ އެވެ.

"މިސާލަކަށް ރަސްމާލެއަށް ބަލާކަމުގައި ވަންޏާވެސް ފުރަތަމަ ރާޖު ކިޔާ މީހަކާ ހަވާލުކުރީ [ސަރުކާރުން] އެއްވެސް ލާރިއެއް ނުދާ ގޮތަށް،" މަތީން ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިތުރަށް މަތީން ވިދާޅުވީ، އެ ބިމަށް ހަދާނެ ގޮތެއް ނޭނގި ސަރުކާރު އޮތީ ހޫނު ބޮނޑިބަތް ގުޅައެއް އަތަށް ލައިގެން އުޅޭ މީހަކާ އެއް ފަދަ ހާލަތެއްގައި ކަމަށެވެ. 

މި މަޝްރޫއަކީ ފެށުނުއިރު ވެސް ގޯސްކޮށް ފެށިފައިވާ ކަމެއް ކަމަށާއި، ގޯހެއްގެ މައްޗަށް ބިނާކުރާ ކޮންމެ ކަމަކުން ނުކުންނާނީ އިތުރު ގޯސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރަށް މަތީން ކެނޑިނޭޅި އަމާޒުކުރައްވަމުން ގެންދަވާ ފާޑުކިޔުންތަކާ ގުޅިގެން، ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ގެންދަވަނީ ސޯޝަލް މީޑިއާގައި މަތީނަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox