އެމްޑަބްލިޔޫއެސްސީގައި އޮތް ހިޓާޗީގެ ހިއްސާ ގަތުމަކީ ހަދާ ގޯހެއް: މަތީން

Oct 17, 2026, 8:31 AM
މާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ މައި އިމާރާތް

މާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ މައި އިމާރާތް

އެމްޑަބްލިޔޫއެސްސީގައި އޮތް ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓު ހިއްސާ ގަނެ، ސައްތައިން ސައްތަ ދިވެހި ސަރުކާރު ކުންފުންޏަކަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ގޯހެއް ކަމަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.

"އެއީ [ހިޓާޗީގެ ހިއްސާ ގަތުމަކީ] ރައީސް ބޭނުންފުޅުވާ ކަމެއް. އެހެންނަމަވެސް އެއީ ގޯސް ވިސްނުންފުޅެއް،" 'އަދަދު' ނޫހުގެ 'އެތެރެފުށް' ޕްރޮގްރާމުގައި މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން ފިނޭންސް މިނިސްޓަރު ބަޖެޓު ސަޕޯޓު ހޯއްދެވުމަށް "ނާށިގަނޑު ހިއްޕަވައިގެން" އުޅުއްވާއިރު، އެމްޑަބްލިޔޫއެސްސީގެ ހިއްސާ ގަތުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

"ފުރަތަމަ، މިއަދުގެ ހާލަތަކީ ފިނޭންސް މިނިސްޓަރު އެ އުޅުއްވަނީ ނާށިގަނޑު ހިއްޕަވައިގެން ބަޖެޓު ސަޕޯޓް ހޯއްދަވަން. އެ ހިއްސާ 20 ޕަސެންޓު ގަންނަން ކިތައް މިލިއަން ޑޮލަރު ބޭނުންވާނެތޯ؟ އާދެ، ވިހި، ތިރީސް، ސާޅީސް މިލިއަން ޑޮލަރު،" މަތީން ވިދާޅުވި އެވެ. 

މިފަދަ ނިންމުންތައް ނިންމަނީ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކޯޕަރޭޓް ގަވަނަންސް ފަރިތަ ނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހިޓާޗީގެ ހިއްސާ ގަނެ އެމްޑަބްލިއުއެސްސީ 100 ޕަސެންޓު ސަރުކާރު ކުންފުންޏަކަށް ހަދަނީ

އެމްޑަބްލިއުއެސްސީގައި އޮތް ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 އިންސައްތަ ހިއްސާ ގަނެ، އެ ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ. މި ބަދަލަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ގެންނަ ބަދަލެއް ކަމަށާއި، މިކަމާ ގުޅޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ އެހެން މިސާލެއްގެ ގޮތުގައި މަތީން ނެންގެވީ އެމްޓީޑީސީ އެވެ. ދިވެހި ރައްޔިތުންނަށް ޓޫރިޒަމް ސިނާއަތުން ސީދާ ޖީބަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރާއިރު، އެމްޓީޑީސީގެ ދަށުގައި އޮތް ރަށެއް ދޫކޮށްލަން މަސައްކަތް ކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި މަތީން ފާހަގަ ކުރެއްވި އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތައް ނުހިފެހެއްޓޭކަން ފާހަގަކުރައްވައި މަތީން ވަނީ އެކަމަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކުންފުނިތައް ރަނގަޅަށް ނުހިންގެނީ  ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެތަނުގެ ދައުރު އަދާނުކުރެވޭތީ  ކަމަށް މަތީ ވިދާޅުވި އެވެ. އަދި ޕީސީބީ އާއި ކުންފުނިތަކުގެ ބޯޑުތަކަށް އެކަށީގެންވާ ބާރުތަކާއި މިނިވަންކަން ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ސަރުކާރު ކުންފުނިތައް އުފައްދަނީ ސިޔާސީ ނުފޫޒުން އެކަހެރިކޮށް، ވަކި ކޯޕަރޭޓް ބޮޑީއެއްގެ ގޮތުގައި ހިންގުމަށް ކަމަށް ވިޔަސް، މިއަދު ފެންނަމުންދަނީ އެ ކުންފުނިތައް ސަރުކާރުގެ ޑިޕާޓްމަންޓްތަކަކަށް ބަދަލުކޮށްގެން ސިޔާސީ ބޭނުންތަކަށް ހިންގަމުންދާ މަންޒަރު ކަމަށެވެ.

ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގަންވީ ގޮތާމެދު ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކުންފުނިތައް ލިސްޓުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް އާންމުންގެ ހިއްސާ އިތުރުކުރުން ކަމަށެވެ. އަދި ކުންފުނިތައް ހިންގަން މެނޭޖްމަންޓާއި ބޯޑަށް ދޫކޮށްލުމަށްފަހު، ސަރުކާރުގެ ދައުރަކަށް ވާންޖެހޭނީ ޕޮލިސީ ހެދުމާއި، މޮނިޓަރކުރުމާއި އަދި ރެގިއުލޭޓްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޓާޗީއަށް އެމްޑަބްލިޔޫއެސްސީގެ 20 ޕަސެންޓު ވިއްކާލީ ޖެނުއަރީ 2010، ގައި އޭރު އޮތް އެމްޑީޕީ ސަރުކާރުންނެވެ. އެއީ ހިއްސާއަކަށް 305.9 ޑޮލަރުގެ ރޭޓުން 53،400 ހިއްސާ އެވެ. އެ މުއާމަލާތް އަގުކޮށްފައިވަނީ 16 މިލިއަން ޑޮލަރުގަ އެވެ. 

އޭރު ސަރުކާރުން ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާލީ 2008 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި އޮތް ޑެންމާކުގެ އެޗްއޯއެޗް ވޯޓާ ޓެކްނޮލޮޖީގެ ހިއްސާތައް ގަންނަން ސަރުކާރުން ޖެހޭތީ އެވެ. އެމްޑަބްލިއެއެސްސީ 1995 ވަނަ އަހަރު އުފެދިގެން އައިއިރު އެޗްއޯއެޗް ވޯޓާ ޓެކްނޮލޮޖީގެ 24 ޕަސެންޓު ހިއްސާ އޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox