މެލޭޝިއާގައި ދިވެހި ދަރިވަރު މަރުވި މައްސަލަ: ޑްރައިވަރަށް 26 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ދައުވާތަކެއް

މެލޭޝިއާގައި ދިވެހި ދަރިވަރު މަރުވި ކާރު އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރު: އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލުމުން، އެ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި --

މެލޭޝިއާގައި ދިވެހި ދަރިވަރު މަރުވި ކާރު އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރު: އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލުމުން، އެ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި --

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ ސ. ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް، 22، މަރުވި މައްސަލައިގައި ކާރު ޑްރައިވަރަށް ޖުމްލަ 26 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ތިން ދައުވާއެއްކޮށްފި މިއަދު އެވެ. 

ޝާހް އާލަމްގެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ މުހައްމަދު ޝަފީގު އިބްރާހީމް، 37، ގެ މައްޗަށެވެ. ބުރާސްފަތި ދުވަހު މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކުރި ތިން ދައުވާއަށްވެސް އިންކާރުކޮށްފަ އެވެ.

މެތައެމްފަޓަމިން (މެތު) ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓުގެ މައްސަލައިގައި ޑްރައިވަރަށް ދައުވާކޮށްފައިވަނީ އިމީލީ މަރުވި މައްސަލައިގައި އާއި އިމީލީއާއެކު ދެން ކާރުގައި އިން ފަސިންޖަރު އައިޝަތު ސާރާ ނިޒާމަށް ލިބުނު އަނިޔާތަކުގެ އިތުރުން  ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން އެހެން އުޅަނދެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައިގަ އެވެ. 

ޝަފީގެ މައްޗަށް ފަރުވާ ކުޑަކޮށް ދުއްވުމުގެ ސަބަބުން އިމީލީ މަރުވުމުގެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމަކާއެކު ބައި ލައްކަ ރިންގިޓާއި އެއް ލައްކަ ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާއެއް ކުރެވޭނެ އެވެ. ސާރާ ނިޒާމަށް އަނިޔާވި މައްސަލަ ސާބިތުވެއްޖެނަމަ ޝަފީގަށް 10 އަހަރުގެ ޖަލު ހުކުމަކާއެކު 30،000 ރިންގިޓާއި ބައި ލައްކަ ރިންގިޓާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ އެވެ. 

މީގެއިތުރުން ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން އެހެން އުޅަނދެއްގައި ޖެހި އެކްސިޑެންޓްވުމުގެ ދައުވާ ޝަފީގުގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރުގެ ޖަލު ހުކުމަކާއެކު 5،000 ރިންގިޓާއި އެއްލައްކަ ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

ކޯޓުގައި ދައުލަތުން އެދުނީ ކޮންމެ ދައުވާއަކަށް ވަކިން ކަފާލާތުގެ ފައިސާ ބެހެއްޓުމަށެވެ. އެގޮތުން ކޮންމެ ދައުވާއަކަށް 10،000 ރިންގިޓް ބެހެއްޓުމަށް ދައުލަތުން އެދުނެވެ. ނަމަވެސް  ޝަފީގުގެ ވަކީލު ކޯޓުގައި އެ އަދަދު ކުޑަކޮށްދޭން އެދި ބުނީ ޝަފީގަކީ އޭނާގެ އަންހެނުންނާއި ތިން އަހަރާއި ހަތަރު އަހަރުގެ ދެ ދަރިންގެ އިތުރުން އޭނާގެ ބަލި މަންމަ ބަލަމުންދާ މީހެއް ކަމަށެވެ. 

މީގެއިތުރުން ޝަފީގަށް ލިބެނީ މަހަކު ގާތްގަނޑަކަށް 2،000 ރިންގިޓް ކަމަށްވެސް ވަކީލު ބުންޏެވެ. މިއާއެކު މައްސަލަ ބެއްލެވި ގާޒީ ނިންމެވީ 9،000 ރިންގިޓުގެ އިތުރުން އެކަކު ޖާމިނުވާ ގޮތަށް ކަފާލާތެއްގެ ދަށުން ޝަފީގް ދޫކޮށްލުމަށެވެ.

ނަމަވެސް މައްސަލަ ނިމެންދެން ޝަފީގްގެ ލައިސަންސް ހިފެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް ޑިސެމްބަރު 4، ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ޝަފީގު ދުއްވަން އިން ކާރު ހައިވޭ ޓޯލްއެއް ކައިރިން ކޮންޓްރޯލުން ނެއްޓި އިތުރު ކާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ޝަފީގު ދުއްވަން އިން ކާރު ފުރޮޅާލައި ދެން އިން ކާރަށްވެސް ގެއްލުން ލިބުނެވެ. އެކްސިޑެންޓު ހިނގި ސީންގައި އިމީލީ މަރުވެފައިވާއިރު، ދެން އިން ދިވެހި ދަރިވަރަށް މާ ބޮޑު އަނިޔާއެއް ނުލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox