ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލަން މުއިއްޒު ހިންގަވާ ކަންކަން ޝަމްހީދު ކުށްވެރިކުރައްވައިފި

Oct 16, 2026, 12:06 PM
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިންމު ބިންތަކާއި ތަންތަން ސަރުކާރަށް ނެގުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ހިންގާ އަމަލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އެކަން ކުށްވެރިކުރައްވައިފި އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރުގެ މި ނިންމުމަކީ ލާމަރުކަޒީ ނިޒާމު ފުނޑާލައި، ބާރުތައް މަރުކަޒީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. 

"މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، އާންމު މައިޒާންތަކާއި ފާހާނާތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒީކުރުމަށް ކުރަމުންދާ އަމަލުތަކަށް އިތުރުވި ބޮޅެއް،" ޝަހްމީދު ވިދާޅުވި އެވެ.

"މީގެ ކުރިން ގާނޫނަށް ބަދަލުުގެނެސް ޓްރެފިކް ބެލެހެއްޓުމުގެ ބާރާއި ވެހިކަލް ރަޖިސްޓްރީ ފީގެ އާމްދަނީ އަތުލުމަށްފަހު، މިހާރު ބިންތައް އަތުލައި ކައުންސިލްތަކުގެ ބާރު ކަނޑުވަން ހިންގާ މިފަދަ އަމަލުތައް ކުށްވެރިކުރަން."

މައްސަލައިގެ ފަސްފަހަތް 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިންތަކާއި، މާރުކޭޓުތަކާއި، ޕާކުތައް ފަދަ އާންމު ތަންތަން ތަރައްގީކޮށް ބެލެހެއްޓުމުގެ ބާރު ދީފައިވަނީ އެ ކައުންސިލަކަށެވެ. ނަމަވެސް، ފަހަކަށް އައިސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބޮޑެތި ބިންތަކާއި މުހިންމު ތަންތަން ސަރުކާރުގެ ވުޒާރާތަކުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އަލަށް އެކުލަވާލި އެއްގަމު ދަތުރުފަތުގެ ގާނޫނާއެކު އުޅަނދުތައް ރަޖިސްޓްރީކުރުމުން ކައުންސިލަށް ލިބެމުންދިޔަ އާމްދަނީ ވެސް ވަނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ބަދަލުކޮށްފައެވެ. އަދި ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތް ވަނީ ހަދައިފަ އެވެ. 

އެ ބިލް ހުށަހެޅުމާއެކު ވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެއީ "ބިން ފޭރުމުގެ ގާނޫނު" ކަމަށެވެ. 

ސިޓީ ކައުންސިލްގެ ބާރުތައް ސަރުކާރަށް ނަގަމުންދާތީ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މުއިއްޒަކީ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު، ކައުންސިލްތަކަށް މާލީ އަދި އިދާރީ ފުރިހަމަ މިނިވަންކަން ދިނުމަށާއި، ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ސަރުކާރުން ނުހިފެހެއްޓުމަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި ކައުންސިލްގެ ބާރުތައް ސަރުކާރަށް ނަގަމުންދާތީ، ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox