މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

މާލޭގެ ހުޅަނގު ބިތުގައި އޮންނަ ރަސްފަންނު: މި ސަރަހައްދު ވެސް ވަނީ ކައުންސިލުން ވަކިކޮށްފަ --- ފޮޓޯ: އަދަދު

މާލޭގެ ހުޅަނގު ބިތުގައި އޮންނަ ރަސްފަންނު: މި ސަރަހައްދު ވެސް ވަނީ ކައުންސިލުން ވަކިކޮށްފަ --- ފޮޓޯ: އަދަދު

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ވެގެން ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރުން އަތުލި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބިންތައް އަތުލަން އަންގައި ފޮނުވި ސިޓީއާ ގުޅިގެން މިރޭ ބޭއްވި ކައުންސިލުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ގަރާރަކުންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މި ބިންތައް އަތުލަން އެންގީ ރައީސް އޮފީހުގެ ސިޓީއަކުން އަންގައިގެން ކަމަށެވެ. މިނިސްޓްރީން މި ކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދީފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ. 

"މި ސިޓީގައި ޕްރޮޖެކްޓުތަކުގެ ނަމުގެ އިތުރުން އެއްވެސް މައުލޫމާތު ހިމަނާފައި ނުވާތީ އާއި ގާނޫނުގެ ނައްސަށް ބަލާއިރު އެއް ދުވަހުން ދައުލަތުގެ ހުރިހާ ތަރައްގީގެ މަޝްރޫއުތައްށް ހިންގުމަށް ބިންތަކެއް އެކީ އެއްފަހަރާ އަތުލުމަކީ ގާނޫނު ތަސައްވުރު ކުރާ ކަމެއް ކަމަށް ނުވާތީ މި ކައުންސިލުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ނިންމުން،" ކައުންސިލުން މިރޭ ފާސްކުރި ގަރާރުގައި ވެ އެވެ. 

ސަރުކާރުން އަތުލި ބިންތަކުގެ ތެރޭގައި މާލޭގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެންމެ މުހިންމު ސަރަހައްދުތައް ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް 

  • ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
  • ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
  • މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
  • ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
  • މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
  • މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް)
  • ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  • ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
  • އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
  • ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
  • ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
  • ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  • ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
  • މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)

މި ބިންތައް ކައުންސިލުގެ އިހުތިސާސުން "ބިން ފޭރޭ ބިލު" ގެ ގޮތުގައި ލޭބަލްވީ ބިލެއް ހުށަހަޅައިގެން ލާމަރުކަޒީ ގާނޫނަށް މަޖިލީހުން މިފަހުން ގެނައި ބަދަލުގެ ދަށުންނެވެ.

ބިންތައް އަތުލި މައްސަލައިގައި މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

އެ ގާނޫނުގެ 2-56 ވަނަ މާއްދާގައިވާ ގޮތުން، ކައުންސިލެއްގެ ބިމެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އެ ބިމެއް ވަކިކުރެވިދާނެ އެވެ.

މި މައްސަލައިގައ ކަންބޮޑުވުން ފާޅުކުރަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ ބިންތަކާއި ބަޖެޓު އަތުލަމުންދާ ކަމަށާއި، މިއީ ގާނޫނުއަސާސީން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކަށް އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީން އަލުން ވެރިކަމަށް އަންނަ ދުވަހަކުން މި ހައްގުތައް އިއާދަކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ބުނަނީ މި ބިންތައް ނެގީ މާލެ އާއި ވިލިމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށެވެ. ނަމަވެސް ބައެއް ބިންތަކުގައި ހިންގާނެ މަޝްރޫއެއް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox