މާލޭ ސިޓީ ކައުންސިލުގެ ބިންތައް ސަރުކާރަށް ނެގި މައްސަލަ ކުށްވެރިކޮށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

Oct 20, 2026, 2:17 PM
މީކާއީލް އަހުމަދު ނަސީމް: ގަރާރުގައި ބުނެފައި ވަނީ ބިންތައް އަތުލުމަކީ ކައުންސިލަށް ލިބޭނެ މާލީ ގެއްލުމެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް

މީކާއީލް އަހުމަދު ނަސީމް: ގަރާރުގައި ބުނެފައި ވަނީ ބިންތައް އަތުލުމަކީ ކައުންސިލަށް ލިބޭނެ މާލީ ގެއްލުމެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސުން 14 ބިމެއް ވަކިކޮށް، އެތަންތައް ސަރުކާރަށް ނެގި މައްސަލަ ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ، ސަރުކާރަށް ނަގާ ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ނަން ފިޔަވައި، އިތުރު އެއްވެސް ތަފްސީލެއް ހާމަނުކޮށްފައިނުވާއިރު، މި މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ހިޔާލެއް ހޯދާފައި ނުވާކަން ފާހަގަކޮށްފަ އެވެ.

"ރައްޔިތުންނަށް ނުހަނު މަންފާ ކުރާނެ މުހިންމު ޕްލޭންތަކާއި ތަރައްގީގެ މަޝްރޫއުތައް ކައުންސިލުން އެކުލަވާލަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމެވުމަކީ ކައުންސިލަށާއި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް،" އެ ގަރާރުގައި ބުނެފައިވެ އެވެ. 

ސަރުކާރުން ވަކިކުރަން ނިންމި 14 ބިމުގެ ތެރޭގައި މާލޭގެ މަސްމާރުކޭޓު، ސަލްޓަން ޕާކު، އަދި ކާނިވަލް ސަރަހައްދު އިތުރުން އާޓިފިޝަލް ބީޗް އަދި ރަސްފަންނު ފަދަ އާންމުން ބޭނުންކުރާ ބޮޑެތި ބިންތައް ހިމެނެ އެވެ.

މި ބިންތަކަކީ މާލެ ސިޓީ ކައުންސިލަށް އާމްދަނީ ލިބޭ އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ބަޖެޓު ކުރެވިފައިވާ ތަންތަން ކަމަށާއި އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބެމުންދާ މާލީ މަންފާތައް ގެއްލިގެންދާނެ ކަމަށް މީކާއީލް ވިދާޅުވި އެވެ. 

މީގެ އިތުރުން، މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ މި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސްއަޅައި، ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ހަނިވެގެންދާނެ ފަދަ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ނިންމީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށެވެ. 

މި މައްސަލައާ ގުޅޭ ގޮތުން, މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކުއްލި ޖަލްސާއެއް ބާއްވައި، ސަރުކާރުގެ ނިންމުން ހުއްޓުވުމަށްޓަކައި ކޯޓުން ވަގުތީ އަމުރަކަށް އެދުމަށާއި މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ. އަދި ބިންތައް އަތުލުމާ ދެކޮޅަށް ގާނޫނީ އަދި ސިޔާސީ މަސައްކަތްތައް ފަށާފައިވާއިރު، މިނިސްޓްރީން ޝަކުވާ ހުށަހެޅުމަށް ދީފައިވާ 14 ދުވަހުގެ މުއްދަތުގައި ރަސްމީކޮށް އިއުތިރާޒު ހުށަހެޅުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox