ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ދޭން ޖެހޭ 74 މިލިއަން ރުފިޔާ ކަނޑާލައިފި

މޭޔަރު އާދަމް އާޒިމް: މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ކައުންސިލަށް ދޭންޖެހޭ 74 މިލިއަން ރުފިޔާ ކަނޑާލައި، މުވައްޒަފުން ނެގުމަށްވެސް ދަނީ ދަތިކުރަމުން ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މޭޔަރު އާދަމް އާޒިމް: މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ކައުންސިލަށް ދޭންޖެހޭ 74 މިލިއަން ރުފިޔާ ކަނޑާލައި، މުވައްޒަފުން ނެގުމަށްވެސް ދަނީ ދަތިކުރަމުން ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ފާސްކޮށްފައިވާ ޖަބެޓާ އެއްގޮތަށް ފިނޭންސް މިނިސްޓްރީ އިން  މާލެ ސިޓީ ކައުންސިލަށް ދޭންޖެހޭ ބްލޮކް ގްރާންޓުން ޖުމްލަ 74 މިލިއަން ރުފިޔާ ކަނޑާލާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ރަސްމީ ޖަލްސާގައި އާޒިމް ވިދާޅުވީ މިދިޔަ ތިން މަސް ތެރޭގައި މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން 74 މިލިއަން ރުފިޔާ ކަނޑާލީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ އަރުވަން ޖެއްސުން ކުރުމަށް ކަމަށެވެ. ނަމަވެސް ބަޖެޓު ހުރި މިންވަރަކުން ރައްޔިތުންނަށް ހިދުމަތް ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބަޖެޓް ކަނޑަމުން މިދަނީ. މިހާރު މިހާތަނަށް މިވީ ތިން މަސް ތެރޭގައި 74 މިލިއަން ރުފިޔާ އަޅުގަނޑުމެންގެ ބަޖެޓުން ކަނޑައިފި އެމީހުން [ސަރުކާރުން]. އެހެންވީމަ ރައްޔިތުންނަށް ބޮޑެތި ހިދުމަތްތަކެއް ދޭ ކައުންސިލަކަށްވާއިރު މި ދަތި ޖައްސަމުންދާ ދިޔުމަކީ ސީދާ ރައްޔިތުންނަށް ކުރި ޖެއްސުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެން ދެން މިތަނުގައި ބަޖެޓް ހުންނަ ވަރަކުން މަސައްކަތް ކުރަމުންދާނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް މުވައްޒަފުން ނެގުމަށްވެސް ސަރުކާރުން ދަތިކުރަމުންދާ ކަމަށާއި ސަރުކާރުން އެކަން ކުރަން ފެށީ ގާބިލު މީހުން ކައުންސިލަށް ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. 

"އަޅުގަނޑުމެންނަށް މުވައްޒަފުން ނެގުމުގެ ދަތިކަމާއި މި ހުރިހާ ކަމެއްގެ ދަތިކަމެއް ޖައްސާތީވެ އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ދަތިވެފައި މިތިބީ. އެވާހަކަވެސް ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ހިއްސާކޮށްލަން ބޭނުން އަސްލު. ކެޕަބަލް މީހުން ނަގަންވެގެން މަސައްކަތް ކުރަމުންދަނިކޮށް މި އުނދަގޫތަކެއް މި އަންނަނީ," އާޒިމް ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ އާބާދީގެ 42 ޕަސެންޓު ދިރިއުޅޭ މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ހިންގަން އޮންނަ ސިޓީ ކައުންސިލަށް ލިބެންޖެހޭ ބްލޮކް ގްރާންޓް ކަނޑާލީ ދައުލަތުގެ ކުނި އުކާ ކުންފުނި ވެމްކޯއަށް ސިޓީ ކައުންސިލުން ފައިސާތަކެއް ދައްކަންޖެހިފައި އޮތުމުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ބްލޮކް ގްރާންޓް ކަނޑާލަން ސަރުކާރުން ނިންމުމާ ގުޅިގެން މުވައްޒަފުންނަށް މުސާރަ ދިނުމާއި ރައޔްިތުންނަށް ހިދުމަތްތައް ދޭން ދަތިވާނެ ކަމަށް ބުނެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް ކައުންސިލުން ސިޓީއެއްވެސް ފޮނުވި އެވެ. 

މީގެއިތުރުން ސަރުކާރުން ވަނީ މާލެ ސިޓީއަށް އާމްދަނީ ލިބޭ ބިންތައް ހިމެނޭ ގޮތަށް ޖުމްލަ 14 ބިމެއް ކައުންސިލް އަތުން އަތުލާފަ އެވެ. އަދި ކައުންސިލަށް އާމްދަނީ ލިބޭ ވެހިކަލް ފީތައްވެސް ކައުންސިލަށް ނުލިބޭ ގޮތަށް ސަރުކާރުން ނިންމައި، ގަވާއިދު އިސްލާހުކުރުމަށްފަހު އެކަން ތަންފީޒުކުރަންވެސް ވަނީ ފަށާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox