ބިންތައް އަތުލި މައްސަލައިގައި މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން: މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު އެމްޑީޕީގެ --- ފޮޓޯ: މާލެ ސިޓީ ކައުންސިލު

މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން: މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު އެމްޑީޕީގެ --- ފޮޓޯ: މާލެ ސިޓީ ކައުންސިލު

ސަރުކާރުން މާލެ ސިޓީ ކައުންސިލުގެ އިހުތިސާސުން 14 ބިމެއް ވަކިކުރުމާ ގުޅިގެން، އެ ކައުންސިލުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

ސަރުކާރުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން، މާލޭގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެންމެ މުހިންމު ސަރަހައްދުތައް ކަމަށްވާ ސަލްޓަން ޕާކާއި، ރަސްފަންނާއި، ކާނިވާ އަދި ތައިސޭ ކޮށި ހިމެނޭހެން ގިނަ ބިންތަކެއް ވަނީ ކައުންސިލުގެ ބާރުގެ ދަށުން ވަކިކޮށްފަ އެވެ.

މި ނިންމުމުގެ ސަބަބުން ކައުންސިލަށް އާމްދަނީ ލިބޭނެ މުހިންމު ވަސީލަތްތަކެއް ގެއްލި، ލާމަރުކަޒީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ އިހުތިސާސުން މި ބިންތައް ވަކިކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ.

މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސުގައި ހުރި މުހިންމު ހުރިހާ ބިމެއް ސަރުކާރަށް ނަގައިފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

އެ ގާނޫނުގެ 2-56 ވަނަ މާއްދާއާ ހަވާލާދީ ސަރުކާރުން ބުނެފައިވަނީ، ކައުންސިލެއްގެ އިހްތިސާސުގައި އޮންނަ ބިމެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އެ ބިމެއް ވަކިކުރެވިދާނެ ކަމަށެވެ.

ސަރުކާރުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ބިންތައް ނެގީ މާލެ އާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި އިންފްރާސްޓްރަކްޗާ ހިދުމަތްތައް ތަރައްގީކޮށް ބެލެހެއްޓުމަށެވެ. ނަމަވެސް، ވަކިކުރި ބައެއް ބިންތަކުގައި އެއްވެސް މަޝްރޫއެއް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް 

  1. ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
  2. ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
  3. މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
  4. ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
  5. މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
  6. މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް / މިހާރު ވެސް އެބަހުރި)
  7. ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  8. ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
  9. އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
  10. ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
  11. ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
  12. ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  13. ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
  14. މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)

މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިކުރުވުމަށް އޮތް ނިޒާމެއް ކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ ބިންތަކާއި ބަޖެޓު ފަދަ މުހިންމު ވަސީލަތްތައް އަތުލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ގާނޫނުއަސާސީން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށާއި، މީގެ ސަބަބުން ނިޒާމުގެ މުސްތަގުބަލާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި، އެމްޑީޕީން އަލުން ވެރިކަމަށް އަންނަ ދުވަހަކުން، ކައުންސިލްތަކުގެ ކިބައިން އަތުލާފައިވާ ހުރިހާ ހައްގުތަކާއި ވަސީލަތްތައް އިއާދަކޮށްދޭނެ ކަމަށް ވެސް މޭޔަރު ވައުދުވެވަޑައިގަތެވެ.

ސަރުކާރުން ކައުންސިލްގެ 14 ބިން އަތުލުމުން މޭޔަރު އަޒީމް ފާޑުވިދާޅުވެއްޖެ

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން، މޭޔަރު އާދަމް އަޒީމް ވަނީ އެއީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ކަމެއް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން މި ބިންތައް ނަގަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނާއިރު، މޭޔަރު ވިދާޅުވީ މިއީ ކައުންސިލްތަކުގެ ބާރުތަކާއި ވަސީލަތްތައް އަތުލައި ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އެޅޭ ހުރަހެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވަނީ ހަމައެކަނި ބިންތަކުގެ މައްސަލައިގައެއް ނޫނެވެ. އުޅަނދުފަހަރުގެ ފީން ކައުންސިލަށް ލިބޭ އާމްދަނީ ހުއްޓުމާއި، މުނިސިޕަލް ހިދުމަތްތަކުގެ ބާރުތައް ކުޑަކުރުމުގެ ސަބަބުން ކައުންސިލް ހިންގުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކައުންސިލުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކީ، މާލެ ސިޓީ ކައުންސިލުގެ 18 ގޮނޑީގެ ތެރެއިން 16 ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox