މާލެ ސިޓީ ކައުންސިލުން ބިންތައް އަތުލީ މަޝްރޫއުތައް ލަސްވާތީ: މުންދު

މުހައްމަދު ހުސައިން ޝަރީފް (މުންދު): މާލެ ސިޓީ ކައުންސިލުން ބިންތައް އަތުލީ މަޝްރޫއުތައް ލަސްވާތީ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ހުސައިން ޝަރީފް (މުންދު): މާލެ ސިޓީ ކައުންސިލުން ބިންތައް އަތުލީ މަޝްރޫއުތައް ލަސްވާތީ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމީ އެތަންތަނުގައި ހިންގަން ބޭނުންވާ މަޝްރޫއުތައް ނުހިންގި ދިގުލައިގެންދާތީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

މުންދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކައުންސިލްގެ ބިންތައް އަތުލަން ނިންމީ އެ ބިންތަކުގައި ވަކި ތާރީހަކަށް ނިންމަން ކަނޑައަޅާފައި އޮތް މަޝްރޫއުތައް ނުހިންގި، ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބިގެން ކަމަށެވެ. 

"މަސައްކަތްތައް ފަށަން ނުފެށި އެ ބޭފުޅުންނާ [މާލެ ސިޓީ ކައުންސިލާ] ހެދި އެބަހުރި، ބައެއް ކަންތައްތައް އެ ބޭފުޅުންނާ ހެދި ލަސްވެފަ އެބަހުރި. މިސާލަކަށް މާރުކޭޓު ކަންތައްތަކުގައި ރައީސް ބޭނުންފުޅުވި އެންމެ ފުރަތަމަ ރޭވި ތާރީޚަކަށް ނުވެސް ނިންމޭ އެ ބޭފުޅުންނާ ހެދި،" އޭނާ  ވިދާޅުވެފައިވެ އެވެ.

އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގުމަށް ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ބިންތައް އަތުލި މައްސަލަ އެ ކައުންސިލުން ކޯޓަށް ވައްދަން ވަނީ ނިންމާފަ އެވެ. 

މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް: 

  • ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
  • ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
  • މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
  • ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
  • މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
  • މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް)
  • ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  • ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
  • އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
  • ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
  • ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
  • ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  • ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
  • މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)

މި ބިންތައް ސަރުކާރަށް ނެގުމުގެ ފުރުސަތު ލިބުނީ މިދިޔަ މަހު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުން ކެބިނެޓުން ނިންމައިފި ނަމަ، ތަރައްގީގެ މަޝްރޫއުތަކަށް ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބިގެންވެ އެވެ.

މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީން އަލުން ވެރިކަމަށް އަންނަ ދުވަހަކުން، ކައުންސިލްތަކުގެ ކިބައިން އަތުލާފައިވާ ހުރިހާ ހައްގުތަކާއި ވަސީލަތްތައް އިއާދަކޮށްދޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް މިހާރަށްވުރެ ބޮޑެތި ބާރުތަކާއި މިނިވަންކަން ދޭނެ ކަމަށްވެސް އޭނާ ވައުދުވެވަޑައިގަތެވެ. 

މާލެ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެފައިވަނީ ހަމައެކަނި ބިންތަކުގެ މައްސަލައިގައެއް ނޫނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އުޅަނދުފަހަރުގެ ފީން ކައުންސިލަށް ލިބޭ އާމްދަނީ ހުއްޓިފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ ގްރާންޓުން ބޮޑުބައެއް ވެސް ކަނޑާލާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox