އިޒްރޭލުން "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

Oct 16, 2026, 6:36 AM
އަލްޖަޒީރާގެ މުވައްޒަފުންނަށް ޖާސޫސްކުރުމަށް ދިން ހަމަލާއަކާ ގުޅިގެން، އެ ނެޓްވޯކްގެ މުވައްޒަފުންނާއި ނިޒާމުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި

އަލްޖަޒީރާގެ މުވައްޒަފުންނަށް ޖާސޫސްކުރުމަށް ދިން ހަމަލާއަކާ ގުޅިގެން، އެ ނެޓްވޯކްގެ މުވައްޒަފުންނާއި ނިޒާމުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި

އިޒްރޭލުގެ އިޝްތިހާރު ކުރާ ކުންފުންޏެއް ކަމަށްވާ ޑިސްކަވަރ-ޓެކް އިން އަލްޖަޒީރާގެ މުވައްޒަފުންގެ ފޯނުތަކާއި އެހެނިހެން ވަސީލަތްތަކަށް ޖާސޫސީ ސޮފްޓްވެއާ ނުވަތަ ސްޕައިވެއާ ފޮނުވުމަށް އެހީތެރިވެދީފައިވާކަން ހާމަވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ދީފައިވާ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މުވައްޒަފުންނާއި ނެޓްވޯކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެ ނެޓްވޯކުން ވަނީ ދީފަ އެވެ.

ކެނެޑާގެ ޔުނިވަސިޓީ އޮފް ޓޮރޮންޓޯގެ ސިޓިޒަން ލެބުން ހިންގި ތަހުގީގަކުން ހާމަވި ގޮތުގައި، މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އިޒްރޭލުގެ ކެންޑިރޫ ނަމަކަށް ކިޔާ ކުންފުންޏެއްގެ ސްޕައިވެއާ އެވެ. ކެންޑިރޫ އަކީ ނުރައްކާތެރި ސައިބަ ހަރަކާތްތަކާ ގުޅިގެން 2021 ވަނަ އަހަރު އެމެރިކާ ސަރުކާރުން ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެކެވެ. މި ސްޕައިވެއާ ފޯނުތަކަށް ފޮނުވާފައިވަނީ "ޒީރޯ-ކްލިކް" އެޑްވަަޓައިޒިން މެދުވެރިކޮށެވެ. މީގެ މާނައަކީ ފޯނުގެ ސްކްރީނަށް އެ އިޝްތިހާރު އެރުމާއެކު، އެއްވެސް ތަނަކަށް ފިތާނުލި ކަމުގައިވިޔަސް ފޯނު އިންފެކްޓްވެ، އޭގެ ތެރޭގައި ހުންނަ ހުރިހާ މައުލޫމާތެއް ހަމަލާދޭ ފަރާތަށް ލިބެން ފެށުމެވެ.

މި ނުރައްކާތެރި ސޮފްޓްވެއާ ފަރުމާކޮށްފައިވަނީ ފޯނުގައި ހުންނަ ފައިލްތަކާއި، ލިޔެކިޔުންތަކާއި، ބްރައުޒާގެ މައުލޫމާތާއި، ސޭވްކޮށްފައި ހުންނަ ޕާސްވޯޑްތައް ވަގަށް ނެގުމަށެވެ. މީގެ އިތުރުން، ފޯނުން ޓައިޕްކުރާ އަކުރުތައް ދެނެގަތުމާއި، ސްކްރީންޝޮޓް ނެގުމާއި، މައިކްރޯފޯނާއި ކެމެރާ މެދުވެރިކޮށް އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ގާބިލުކަންވެސް މި ސޮފްޓްވެއާގައި ހުރެއެވެ. އަދި އީމެއިލްތަކާއި މެސެޖުތައް ވެސް މީގެ އެހީގައި ވަގަށް ނެގެއެވެ. ސަލާމަތީ ނިޒާމުތަކަށް ނޭނގި މި މަސައްކަތް ކުރުމަށްޓަކައި، ވަގަށް ނަގާ މައުލޫމާތުތައް ފޮނުވަނީ ކުދި ބައިތަކަކަށް ބަހާލައިގެން، އެންކްރިޕްޓް ކުރެވިފައިވާ މަގުތަކުންނެވެ.

ސިޓިޒަން ލެބުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޑިސްކަވަރ-ޓެކް އިން ވަނީ މި ސްޕައިވެއާ ހިމެނޭ އިޝްތިހާރުތައް ގަނެފަ އެވެ. އަދި އެ އިޝްތިހާރުތައް މެދުވެރިކޮށް ކެންޑިރޫގެ މެލްވެއާ އަމާޒުކުރެވޭ ފޯނުތަކަށް ފޮނުވާފައިވެ އެވެ. މި ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި އަލްޖަޒީރާގެ ބައެއް ނޫސްވެރިން ހިމެނެއެވެ. އަލްޖަޒީރާގެ އައިޓީ ޓީމަށް މިކަމުގެ ޝައްކުތަކެއް ފުރަތަމަ ކުރެވުނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އަދި 2025 އާ ހަމައަށް މި ހަރަކާތްތައް ކުރިއަށް ގޮސްފައިވާކަން ތަހުގީގުން އެނގެ އެވެ.

ނިއުޔޯކުގެ އެޑްވަަޓައިޒިން ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކޮންފިއަންޓުން ހާމަކުރި ގޮތުގައި، ޑިސްކަވަރ-ޓެކްގެ މިފަދަ އިޝްތިހާރުތައް އެމެރިކާގެ ޕެންޓަގަން އާއި، އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ނެޓްވޯކްތަކުންވެސް ފެނިފައިވެ އެވެ. މީގެ ކުރިންވެސް ކެންޑިރޫގެ ސްޕައިވެއާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގެ 100 އަށްވުރެ ގިނަ ނޫސްވެރިންނާއި، ސަރުކާރާ ދެކޮޅު ފަރާތްތަކަށް ޖާސޫސީ ހަމަލާތައް ދީފައިވާކަން ފާހަގަކުރެވެއެވެ.

އަލްޖަޒީރާއިން ބުނީ ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ. މި ހަމަލާ ދިނުމަށް ބޭނުންކުރި ޓޫލްއަކީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އެއްޗެއް ކަމަށް ބެލެވެ އެވެ. މިއީ ޒަމާނީ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލުމަށް ބޭނުންކުރާ ނުރައްކާތެރި އަދި އެހާމެ ކުރިއަރާފައިވާ އުކުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox