ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައެޅުމުން ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

Oct 5, 2026, 3:18 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމުގެ ބާވަތެއް ކަމަށް އިނގިރޭސި ގްރީން ޕާޓީއިން ކަނޑައަޅައި ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން މަނާކޮށްފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ގްރީން ޕާޓީން ފާސްކުރި މި ގަރާރަކީ "ޔަހޫދީންނާ ދެކޮޅު ސާފު އަމަލެއް" ކަމަށާއި، މިއީ ސިޔާސީ ގޮތުން ބަހުސްކުރެވޭނެ މިންގަނޑުތަކުން ބޭރުވެފައިވާ ކަމެއް ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ނެގި މި ވޯޓުގައި ޕޮލާންސްކީ ބައިވެރިވެފައެއް ނުވެ އެވެ. ގްރީން ޕާޓީގެ އިސްވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މި ގަރާރުގައި ޒަޔަނިސްޓް ފިކުރު ސިފަކޮށްފައިވަނީ، ވަކި ނަސްލަކަށް ނިސްބަތްވާ ޔަހޫދީ ދައުލަތަކަށް ތާއީދުކުރާ ފިކުރެއްގެ ގޮތުގަ އެވެ. އަދި ތާރީޚީ ފަލަސްތީނުގެ ހުރިހާ ބިމެއް ހިމެނޭ ގޮތަށް، ޑިމޮކްރެޓިކް ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ވެސް މި ގަރާރުގައި ބާރުއަޅާފައިވެ އެވެ.

ޔަހޫދީ ބައެއް ޖަމާއަތްތަކުން މި ގަރާރަށް ފާޑުކިޔަމުން ބުނެފައިވަނީ، މިއީ "ޔަހޫދީ މުޖުތަމައަށް ދިން ހަމަލާއެއް" ކަމަށެވެ.

ބޯޑް އޮފް ޑެޕިއުޓީޒް އޮފް ބްރިޓިޝް ޖޫސް އާއި ޖޫވިޝް ލީޑަޝިޕް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒަޔަނިޒަމަކީ ނަސްލީ ތަފާތުކުރުމާ ދެކޮޅު ފިކުރެއް ކަމަށާއި، އެއީ އެތައް ހާސް އަހަރެއްގެ އަނިޔާވެރިކަމަށް ފަހު ޔަހޫދީންގެ ކާބަފައިންގެ ބިމުގައި އެމީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އުފެދުނު ފިކުރެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ޔަހޫދީންނާއި ޔަހޫދީ މުއައްސަސާތަކަކީ "ނަސްލީ ތަފާތުކުރުން ގެންގުޅޭ ބައެއް" ކަމަށް ބުނުމަކީ ޔަހޫދީންނާ މެދު ނަފުރަތު އުފެދޭނެ ކަމެއް ކަމަށެވެ. 

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ގްރީން ޕާޓީން ފާސްކުރި މި ގަރާރަކީ "އިނގިރޭސިވިލާތުގެ ތާރީޚުގައި ޖެހުނު ކަޅު ސިއްކައެއް" ކަމަށެވެ.

މި މައްސަލައިގައި ގްރީން ޕާޓީގެ ދެ ޑެޕިއުޓީ ލީޑަރުންގެ މެދުގައި ވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ. އެގޮތުން މޯތިން އަލީ މި ގަރާރަށް ތާއީދުކުރެއްވި ނަމަވެސް، ރޭޗަލް މިލްވާޑް ވިދާޅުވީ ގަރާރުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާމެދު ސުވާލު އުފެދޭ ކަމަށެވެ.

ނަމަވެސް އެކްޓިވިސްޓުން ހުށަހެޅި މި ގަރާރު ފާސްވެފައި ވަނީ 1022 ވޯޓުންނެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 813 މީހުންނެވެ. މިދިޔަ ހުކުރު ދުވަހު ޕާޓީގެ ލީޑަރު ޕޮލާންސްކީ ވިދާޅުވީ ޒަޔަނިސްޓު ފިކުރަކީ ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުން ބޭރުކުރުން ކަމުގައިވާ ނަމަ، އެއީ "ރޭސިސްޓް" ފިކުރެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox