އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

Oct 14, 2026, 9:04 AM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕީއެސްޖީގެ ކޯޗު އެންރީކޭ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕީއެސްޖީގެ ކޯޗު އެންރީކޭ

މެންޗެސްޓާ (އޮކްޓޫބަރު 14) - މެންޗެސްޓާ ސިޓީން ކްލަބްގެ މާލީ ކަންތައްތައް ހަމަޖެއްސުމުގައި މަކަރު ހެދިކަމަށް ޕްރިމިއާ ލީގުގެ މިނިވަން ކޮމިޓީ އަކުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވާއިރު، އެކަމާ ދެކޮޅަށް ސިޓީން ކުރި އެޕީލް ކާމިޔާބުވާން އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނެފި އެވެ. 

އެންރީކޭ މިހެން ބުނެފައިވަނީ، ޗެމްޕިއަންސް ލީގުގެ މިރޭ ސިޓީ ދަނޑުގައި ޕީއެސްޖީން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފަށް މާލީ ކަންކަމުގައި މަކަރު ހެދުމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ އެކު، އެ ޓީމުން މިދިޔަ އަހަރުތަކުގައި ހޯދާފައިވާ ތަށިތައް އަތުލުމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ. 

ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެެރެއިން 114 މައްސަލައެއް ސިޓީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެކަމަކު، ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. ސިޓީން ވަނީ މި މައްސަަލައިގައި އެޕީލް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުންހިފައިފަ އެވެ. 

"ވަރަށް ގިނަ އަޑުތަކެއް އެބަ އެނބުރޭ ސިޓީގެ ވަށައިގެން، ހަގީގަތަކީ ބޮޑެތި ޓީމުތައް ވަށައިގެން އަބަދުވެސް އަޑުތަކެއް އިވެމުންދާނެ އެކި ކަހަލަ ގޮތްގޮތަށް،" އެންރީކޭ ބުންޏެވެ. 

އޭނާ ބުނީ އެންމެ ބުއްދިވެރި ގޮތަކީ، މި މައްސަަލަ އެއްކޮށް ބަލައިނިމެންދެން ހަމަޖެހިގެން ތިބުން ކަމަށާއި އުންމީދަކީ ސިޓީ އަށް މި ކަމުން އަދަބެއް ނުލިބި ސަލާމަތްވުން ކަމަށެވެ. 

"ދަނޑުމަތީގައި ސިޓީން ވަރަށް އާދަޔާހިލާފު މަސައްކަތްތަކެއް މިދިޔަ އަހަރުތަކުގައި ވަނީ ކޮށްފައި، ދެން، އެ ޓީމުން ހޯދި ތަށިތަކަކީ އެ ކަމަށް ބާރު ލިބޭ، އެ މީހުންނަށް (ސިޓީ އަށް) ހައްގުވާ ކާމިޔާބެއް،" އެންރީކޭ ބުންޏެވެ. 

ފުޓްބޯޅައިގެ ވާހަކަ އެކި ގޮތްގޮތަށް ދެއްކޭނެ ކަމަށާއި އަދި ދަނޑުމަތީގައި ހިނގާ ކަންކަމުގެ ވާހަކަ ދެކެވެން ޖެހޭނީ ދަނޑުމަތީގައި އެ ފެންނަ ކަންތައްތަކަށް ބަަލައިގެން ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. އަދި، ސިޓީ މައްސަލައިގައި މިހާރު އެޕީލް މަރުހަލާގައި އޮތްއިރު، މިއީ ސިޓީ އަށް ފަސޭހަ ވަގުތެއް ނޫން ކަމަށް އެންރީކޭ ގަބޫލުކުރެ އެވެ. 

ސިޓީ އަކީ ޔޫއޭއީގެ މަހުޖަނުން ހިންގާ ކްލަބެެކެވެ. އަދި، ޕީއެސްޖީ އަކީ ގަތަރުގެ ސަރުކާރާ ގުޅުން އޮތް ފަރާތްތަކުގެ ބައިވެރިވުން ބޮޑު ޓީމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox