ސްރީލަންކާގައި ވިއްކާ އައިސްކްރީމްގެ ފެންވަރު ބެލުމުގެ ހާއްސަ އިންސްޕެކްޝަންތަކެއް ފަށައިފި

Nov 22, 2026, 7:30 AM
އައިސްކްރީމް

އައިސްކްރީމް

އިންސާނުން ކެއުމަށް އެކަށީގެންވާ މިންގަނޑުތަކަށް އައިސްކްރީމް ފެތޭތޯ ބެލުމަށްޓަކައި، ސްރީލަންކާގެ ކޮންސިއުމާ އެފެއާޒް އޮތޯރިޓީ (ސީއޭއޭ) އިން އެ ގައުމުގައި އައިސްކްރީމް އުފައްދާ ބައެއް ކުންފުނިތަކުން ސާމްޕަލް ނަގަން ފަށައިފި އެވެ.

ސްރީލަންކާގައި އުފައްދާ އައިސްކްރީމް ރާއްޖޭގައި ވެސް ވިއްކަމުންދެ އެވެ.

އެ ގައުމުގެ އިންޑަސްޓްރިއަލް ޓެކްނޮލޮޖީ އިންސްޓިޓިއުޓް (އައިޓީއައި) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި އިންސްޕެކްޝަންތަކުގެ އިތުރުން، އެ ގައުމުގެ ހެލްތު މިނިސްޓްރީން ވެސް ވަނީ ފުޑް އެންޑް ޑްރަގް އިންސްޕެކްޓަރުންނާއި އާންމު ސިއްހަތާ ބެހޭ އޮފިޝަލުން މެދުވެރިކޮށް ބާޒާރުގައި ހުރި އައިސްކްރީމާއި އެހެނިހެން ކާބޯތަކެތީގެ ފެންވަރު ބަލަން ފަށާފަ އެވެ.

Advertisement

މިހާތަނަށް ފާހަގަކުރެވުނު ފެންވަރު ދަށް ކާބޯތަކެތީގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ވަނީ ކޯޓަށް ހުށަހަޅަން ފަށާފަ އެވެ. ސްރީލަންކާގެ 1980 ވަނަ އަހަރުގެ ކާބޯތަކެއްޗާ ބެހޭ ގާނޫނު އާއި ސްރީލަންކާ ސްޓޭންޑަޑްސް އިންސްޓިޓިއުޝަންގެ 'އެސްއެލްއެސް 223:2017' މިންގަނޑުގެ ދަށުން، އައިސްކްރީމްގެ ނަމުގައި ބާޒާރަށް ނެރޭ އުފެއްދުންތަކުގައި ވަކި މިންވަރަކަށް ކިރުގެ ސަރުބީ ހުންނަން ޖެހެ އެވެ.

ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ކަނޑައެޅިފައިވާ މިންވަރަށް ކިރުގެ ސަރުބީ ނުހިމަނައި، ތަރުކާރީ ތެޔޮ ބޭނުންކޮށްގެން އުފައްދާ ބާވަތްތައް އައިސްކްރީމްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި، އެފަދަ އުފެއްދުންތަކުގައި ލޭބަލް ކުރަން ޖެހޭނީ "ފްރޯޒަން ޑެޒާޓް" ގެ ގޮތުގަ އެވެ.

މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގުސަދަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭ އުފެއްދުންތައް ދެނެގަތުމާއި، ނުބައި ލޭބަލް ޖަހައިގެން އާންމުންނަށް އޮޅުވާލައިގެން ތަކެތި ވިއްކުން ހުއްޓުވުމެވެ. މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ ސްރީލަންކާގައި އުފައްދައި ވިއްކާ އައިސްކްރީމްގެ ފެންވަރާއި، ކާބޯތަކެތީގެ މިންގަނޑުތަކަށް އަމަލުކުރާ މިންވަރާ މެދު ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox