މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

Nov 23, 2026, 12:43 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ ހަތަރު އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު، ކެލިފޯނިއާގެ ޕާމް ސްޕްރިންގްސްގައި ބޭއްވި ހަފުލާއެއްގައި ކައިވެނިކޮށްފި އެވެ.

"ފްލާވާސް" ފަދަ މަގުބޫލު ލަވަތައް ކިޔާފައިވާ މައިލީ ވަނީ އިންސްޓަގްރާމްގައި ހަފުލާގެ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ. މައިލީގެ މަންމަ ޓްރިޝާ ސައިރަސް އާއި ކޮއްކޮ ނޯއާ ސައިރަސް ފޮޓޯތަކުން ފެނެ އެވެ.

މައިލީގެ ބައްޕަ ބިލީ ރޭ ސައިރަސް އެ ފޮޓޯތަކުން ފެންނަން ނެތް ނަމަވެސް، އޭނާގެ ބައިވެރިޔާ އަދި އެކްޓްރެސް ލިޒް ހާލީއާ އެކު އެ ހަފުލާގައި ބައިވެރިވި ކަމަށްވެ އެވެ.

Advertisement

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އުމުރުން 33 އަހަރުގެ މައިލީ ސައިރަސް މި ހަފުލާގައި ލައިގެން ހުރީ ސެއިންޓް ލޯރެންޓްގެ އެންތަނީ ވެކަރެއްލޯ ފަރުމާކޮށްފައިވާ ހުދު ކުލައިގެ ސިލްކް ހެދުމެކެވެ. އަދި އުމުރުން 28 އަހަރުގެ މޮރާންޑޯ ލައިގެން ހުރީ ވެސް ސެއިންޓް ލޯރެންޓްގެ ކަޅު ކުލައިގެ ސޫޓެކެވެ.

މި ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ފްރޭންކް ސިނާޓްރާގެ މިލްކިއްޔާތުގައި އޮތް ރިސޯޓެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ހަފުލާއަށް ދިޔަ ހުރިހާ މެހެމާނުން ވެސް ތިބީ ކަޅު ކުލައިގެ ހެދުމުގަ އެވެ.

މައިލީ ސައިރަސް އާއި 28 އަހަރުގެ މޮރާންޑޯ އެންގޭޖްވިކަން ކަށަވަރުކޮށްދީފައިވަނީ މިދިޔަ އަހަރު އެމެރިކާގެ ޓީވީ ޝޯއެއް ކަމަށްވާ "ގުޑް މޯނިން އެމެރިކާ" އަށް ދިން އިންޓަވިއުއެއްގަ އެވެ.

މައިލީ ސައިރަސް މީގެ ކުރިން ވަނީ އޮސްޓްރޭލިއާގެ އެކްޓަރު ލިއަމް ހެމްސްވޯތާ ކައިވެނިކޮށްފަ އެވެ. ނަމަވެސް 2019 ވަނަ އަހަރު އެމީހުންގެ ކައިވެނި ރޫޅުނެވެ.

"ޕާޓީ އިން ދަ ޔޫއެސްއޭ" އަދި "ވްރެކިން ބޯލް" ފަދަ މަގުބޫލު ލަވަތައް ކިޔާފައިވާ މައިލީ، "ހަންގާ ގޭމްސް" ގެ ތަރި ހެމްސްވޯތާ ކައިވެނިކުރީ 2018 ވަނަ އަހަރު އެވެ. އެއީ 10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

ބްރިޓިޝް ވޯގް އަށް 2023 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި މައިލީ ބުނެފައިވަނީ، އޭނާ އާއި މޮރާންޑޯ ބައްދަލުވީ "ބްލައިންޑް ޑޭޓް" އެއްގެ ތެރެއިން ކަމަށެވެ.

މޮރާންޑޯއަކީ ލޮސް އެންޖެލިސްއަށް ނިސްބަތްވާ ބޭންޑެއް ކަމަށްވާ "ލިލީ" ގެ ޑްރަމަރެކެވެ. މި ބޭންޑުން ވަނީ 2022 ވަނަ އަހަރު އެންބީސީން ގެނެސްދިން "މައިލީސް ނިއު އިޔާސް އީވް ޕާޓީ" ގައި ބައިވެރިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox