އިންޑިއާއިން ނަގާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ދިވެހި ސަރުކާރުން އެދިގެން ރޯލްއޯވާ ކޮށްދެނީ

ރައީސް މުއިއްޒު އޮކްޓޯބަރު، 2024، ގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އޮކްޓޯބަރު، 2024، ގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި ހިނގާ އޮކްޓޯބަރު މަހު އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރޯލްއޯވާކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް އެނގިފައިވާ ގޮތުގައި އޮކްޓޯބަރު 22، އަށް ހަމަވާ ކަރަންސީ ސްވޮޕު ރޯލްއޯވާ ކޮށްދޭން އެދުނީ ދިވެހި ސަރުކާރުންނެވެ. ކަރަންސީ ސްވޮޕު ރޯލްއޯވާ ކޮށްދޭން ނިންމާފައިވާކަން "ރޮއިޓާސް" އަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވި އިންޓަވިއުއެއްގައި އެ ނޫހުން ވަނީ ހާމަކޮށްފަ އެވެ. 

އެ ކަރަންސީ ސްވޮޕަކީ، އޮކްޓޯބަރު، 2024، ގައި ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު މިދިޔަ އޭޕްރީލް މަހު ދިވެހި ސަރުކާރުން އަނބުރާ ދެއްކި ދުވަހު ނެގި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެކެވެ. 

ރުޕީސް އިން އެ ކަރަންސީ ސްވޮޕު އިޝޫ ކުރި ނަމަވެސް ދިވެހި ސަރުކާރަށް ވަނީ އެ ފައިސާ ޑޮލަރަށް ބަދަލުކޮށްފަ އެވެ. 

މި އޮކްޓޯބަރު މަހު ދައްކަންޖެހޭ ކަރަންސީ ސްވޮޕު ރޯލްއޯވާ ކޮށްދޭން ނިންމިއިރު، މިދިޔަ ސެޕްޓެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެ ފައިސާ ދައްކަންޖެހުނީ، ދަރަނި ދެއްކުން ފަސްކޮށްދޭން އެދުނު އެދުންތައް ފެއިލްވުމުންނެވެ. 

އެ ދަރަނި ދައްކަންޖެހުމުން ރިޒާވް ހުސްވެ، އަސާސީ ބޭނުންތަކަށް ހަރަދު ކުރަން ވެސް ފައިސާ ނުހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން ރިޒާވް "ދަށްވެފައި ހުރި" ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. 

"ރިޒާވް ދަށްވެފައި ހުރި ހުރުން ވެސް، އިރާދަކުރެއްވިއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކަކީ، މިހާރަށްވުރެ އަޅުގަނޑުމެންގެ ރިޒާވް ރަނގަޅުކުރަމުން ގެންދެވޭނެ ދުވަސްތަކެއް، އަދި ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި، މިހާރު އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއިން، ކޮންމެ މަހަކުވެސް ރަނގަޅު ކުރެވެމުން ގޮސް، ވަރަށް ބޮޑަށް ރަނގަޅުވާނެ،" ސެޕްޓެމްބަރު 25، ގައި މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox