ސުކޫކު ދައްކާފައި ހުރި ވަރު ވެސް ބޭނުންކުރެވޭ ރިޒާވުގައި މިހާރު ނެތް

މަރުކަޒީ ބޭންކު، އެމްއެމްއޭގެ މައި އޮފީސް އިދާރާ: ބޭރު ފައިސާގެ ރިޒާވު ބަލަހައްޓަނީ އެމްއެމްއޭއިން --- ފޮޓޯ: އަދަދު ފައިލް

މަރުކަޒީ ބޭންކު، އެމްއެމްއޭގެ މައި އޮފީސް އިދާރާ: ބޭރު ފައިސާގެ ރިޒާވު ބަލަހައްޓަނީ އެމްއެމްއޭއިން --- ފޮޓޯ: އަދަދު ފައިލް

މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދު، މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސުކޫކު ހަލާސްކުރަން 525 މިލިއަން ޑޮލަރު ދައްކާފައި ބާކީ ހުރި ވަރަށް ވުރެ މަދު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން މިއަދު އާންމުކުރި އެންމެ ފަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ  643.8 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ ފަސް މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 

ޖުމްލަ ރިޒާވު އިތުރުވީ ނަމަވެސް ބޭނުންކުރެވޭ ރިޒާވު ވަނީ 221.8 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. މިއީ 21 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 10 ޕަސެންޓުގެ ދަށްވުމެކެވެ.

ޖުމްލަ ރިޒާވު އިތުރުވީއިރު، ބޭނުންކުރެވޭ ރިޒާވު ދަށްވީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ބޭރު ވާން ހުރި ފައިސާގެ އަދަދު 29.3 މިލިއަން ޑޮލަރު އިތުރުވުމުންނެވެ. މި އަދަދު ވަނީ މިދިޔަ މަސް ދުވަހުގެ ތެރޭގައި ފަސް ޕަސެންޓު އިތުރުވެފަ އެވެ.  

ބޭނުންކުރެވޭ ރިޒާވު 2026

Million USD
0409
ބޭނުންކުރެވޭ ރިޒާވު 2026
LabelValue
ޖެނުއަރީ301 Million USD
ފެބްރުއަރީ337 Million USD
މާޗު409 Million USD
އޭޕްރިލް244 Million USD
މެއި260 Million USD
ޖޫން248 Million USD
ޖުލައި221 Million USD
އޮގަސްޓު200 Million USD
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މި އަހަރުގެ ރިޒާވު ހުރި ގޮތުގެ ޓްރެންޑަށް ބަލާއިރު، ސުކޫކު ދެއްކުމާ ހަމައަށް ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވު ރެކޯޑު އަދަދުތަކަށް އުފުލުނެވެ. ނަމަވެސް ސުކޫކު ދެއްކި ފަހުން ޖުމްލަ ރިޒާވު 600 މިލިއަން ޑޮލަރުގެ އަދަދުތަކަށް ތިރިވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވު ވަނީ 200 މިލިއަން ޑޮލަރުގެ އަދަދުތަކަށް ތިރިވެފަ އެވެ.

ރިޒާވުގެ ރެކޯޑުތައް ހެދި މާޗު މަހު، ޖުމްލަ ރިޒާވުގައި 1.3 ބިލިއަން ޑޮލަރު އަދި ބޭނުންކުރެވޭ ރިޒާވުގައި 409 މިލިއަން ޑޮލަރު ހުއްޓެވެ.

ވޭތުވި ދެ ކުއާޓަރުގައި ރިޒާވު ހީނަރުވީ ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް އިތުރުކޮށްފައިވާތީ، މި އަހަރުގެ ފަހު ކުއާޓަރުގައި، އެއީ އޮކްޓޫބަރުން ޑިސެމްބަރަށް ހިނގާ ކުއާޓަރުގައި، ރިޒާވު އިތުރުވާނެ ކަމަށް ބެލެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox