ގދ. ވާދޫއަށް ބޯކޮށް ވާރޭވެހި ކައުންސިލް އިދާރާއަށް ގެއްލުންތަކެއް ލިބިއްޖެ

ގދ. ވާދޫ ކައުންސިލް އިދާރާއަށް ފެން ވަދެ ގެއްލުންތަކެއް ލިބުން

ގދ. ވާދޫ ކައުންސިލް އިދާރާއަށް ފެން ވަދެ ގެއްލުންތަކެއް ލިބުން

ގދ. ވާދޫއަށް ބޯކޮށް ވާރޭވެހި އެ ރަށު ކައުންސިލް އިދާރާއަށް ފެން ވަދެ ގެއްލުންތަކެއް ލިބިއްޖެ އެވެ. 

ވާދޫ ކައުންސިލްގެ ރައީސް ލައްމާން ވަހީދު ވިދާޅުވީ ވާރޭވެހުމުގެ ސަބަބުން އިދާރާ ތެރެއަށް ފެން ވަދެ ސިސްޓަމްތަކަށާއި އެހެނިހެން ބައެއް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. 

"ބައެއް ސިސްޓަމްތަކާ އެއްޗިސް ހަލާކުވި. ހުރިހާ އެކްސްޓެންޝަންތައްވެސް ހުރީ ހަލާކުވެފައި. ސީދާ ލިބުނު ގެއްލުން ބަލާފައި އެނގޭނީ،" އޭނާ ވިދާޅުވި އެވެ. 

ލައްމާން ވިދާޅުވީ ވާދޫ ކައުންސިލް އިދާރާއަކީ ވަރަށް ގިނަ ދުވަސްވީ އިމާރާތެއް ކަމުން އެތަނަށް ވާރޭވެހޭއިރަށް ފެން ވަންނަ ކަމަށެވެ. 

"ވިއްސާރަ ވެހޭއިރަށް އިދާރާ ތެރެއަށް ފެންނަނީ. ދެން އިދާރާއަކީ އެންމެ ކުރީގެ އިމާރާތެއްވީމަ ވަރަށް ތިރިކޮށް ހުންނަނީ. މަގުމައްޗަށް ފަސް އަޅާއިރު މަގު ހުންނަނީ އުސްކޮށް، އިމާރާތް ހުންނަނީ ތިރީގައި. ވިއްސާރަ ވެހޭތަނާ ފެން ވަންނަނީ،" އޭނާ ވިދާޅުވި އެވެ. 

ލައްމާން ވިދާޅުވީ ވާދޫއަށް އައު ކައުންސިލް އިމާރާތެއް ބޭނުންވާތީ އެކަމަށް ސަރުކާރުގައި އެދިފައިވާ ކަމަށާއި އެކަމަކު އެކަމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުދާ ކަމަށެވެ. 

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން 55 ރަށެއްގައި 631 މިލިއަން ރުފިޔާއަށް ކައުންސިލް އިމާރާތް އެޅުމަށް އާރްސީސީއާ ހަވާލުކުރި އެވެ. އެ މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގައި ކައުންސިލް އިމާރާތްތައް އެޅުން ދަނީ ކުރިއަށެވެ. ނަމަވެސް އެ ކައުންސިލް އިދާރާތަކުގެ ތެރޭގައިވެސް ވާދޫ ކައުންސިލް އިދާރާ ނުހިމެނެ އެވެ. 

ރައީސް މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފައިވަނީ 100 އަށް ވުރެ ގިނަ ރަށުގައި މުޅިން އާ ކައުންސިލު އިމާރާތް ތަރައްގީކުރާނެ ކަމަށެވެ. އޭގެ ތެރެއިން 50 ކައުންސިލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox