މެންޗެސްޓާ ސިޓީއާ އެކު ގަދަކޮށް ހުރި ކަމަށް ގާޑިއޯލާ ބުނެފި

Oct 1, 2026, 8:45 AM
ސިޓީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑިއޯލާ އެ މުބާރާތުގެ ތަށި ހިފައިގެން.

ސިޓީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑިއޯލާ އެ މުބާރާތުގެ ތަށި ހިފައިގެން.

ކަޓަލޫނިއާ، ބާސެލޯނާ (އޮކްޓޫބަރު 1)  - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެ، ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ދައުވާގެ ކަންކަން ނުވަ އަހަރު ވަންދެން ބެލުމަށް ފަހު، ސިޓީގެ މައްޗަށް ހުރިހާ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމިޔަސް އެ ކްލަބްގެ ފަހަތުގައި ސާބިތުކަމާ އެކު ހުރި ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

ތަހުގީގުން ސިޓީގެ މައްޗަށް ސާބިތުވި 115 މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ އެވެ. ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ އެވެ.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ. ގާޑިއޯލާ އަކީ، 2016 އިން ފެށިގެން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިޓީގެ ކޯޗެވެ. ގާޑިއޯލާ ވަނީ ސިޓީގެ މައްސަލަ ބަލަމުންދިޔައިރު، އެކި ފަހަރު މަތިން އެ ކްލަބުން ގޯހެއް ހަދާފައިނުވާކަމަށް ބުނެފަ އެވެ. އަދި، ސިޓީ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ފަހުން ގާޑިއޯލާ ވަނީ ފުރަތަމަ ފަހަަރަށް ވާހަަކަ ދައްކައިފަ އެވެ. 

"އަހަރެން ބޭނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް އަހަރެން ޓީމާ އެކު ހުރިކަމަށް ބުނެދޭން. ކުރިއަށް ވުރެން ގަދަކޮށް މި ހުރީ. އަހަރެން އަބަދުވެސް ހުރީ އަބަދުވެސް ހުންނާނެ އަަހަރެންގެ ކްލަބާ އެކުގައި. ވެރިންނާއި ޗެއާމަން، ފެރަން، ކުޅުންތެރިން، ކޯޗު އެންޒޯ. ދެން، ސިޓީގެ ދެގޮތެއްނުވާ ތި ސަޕޯޓަރުންނާ އެކު،" ގާޑިއޯލާ، ސޯޝަލް މީޑިއާގައި ލިޔެފައިވެ އެެވެ. 

"ވަރަށް ސާފުކޮށް މި ބުނަނީ، އަަހަރެމެން އެކުގައި ތިބެގެން މި ކަމުން އަރައިގަންނާނަން، ވަރަށް ލޯބިވޭ އެންމެން ދެކެ،" 

ގާޑިއޯލާ، ސިޓީ ދޫކޮށްލި ސަބަބަކީ "ހަކަތަ ނެތުން"

ދިހަ އަހަރަށް ފަހު، މެންޗެސްޓާ ސިޓީގެ ކޯޗުކަން ދޫކޮށްލަން ނިންމި މައިގަނޑު އެންމެ ބޮޑު ސަބަބަކީ ކްލަބް ދެމެހެއްޓެނިިވި ގޮތެއްގައި ކާމިޔާބީގެ މަަގުން ގެންދިއުމަށްޓަކައި ބޭނުންވާ ހަކަތަ އޭނާގެ ކިބައިގައި ނެތްކަން އަމިއްލަ އަށް ގަބޫލުކުރެވުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފައި.

ސިޓީގެ ކޯޗުކަމާ ހަވާލުވާން ގާޑިއޯލާ، 2016 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމެއް ހެދީ، އެ އަހަރުގެ ޖުލައި 1 އިން ފެށިގެން ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކި ފަހަރު މަތިން އެއްބަސްވުން އާ ކޮށް، ޖުމްލަ އެކު، ސިޓީގައި 10 އަހަރު ހޭދަކުރި ގާޑިއޯލާ ވަނީ އެ ޓީމަށް ބޮޑު 17 މުބާރާތުގެ ތަށި ހޯދައިދީފަ އެވެ.

އޭގެ ތެރޭގައި، ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން، ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ސަތޭކަ ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑާއި އެއް ސީޒަނެއްގައި، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިގެން، ޓްރެބަލް ވެސް ސިޓީގައި ހުރެ ގާޑިއޯލާ ވަނީ ފުރިހަމަކޮށްފަ އެވެ. 

ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، މާދަމާގެ ކުރިން އެޕީލް ކުރުމަށް ސިޓީ އަށް ވަނީ ފުރުސަތު ދީފަ އެވެ. ސިޓީން ވަނީ އެޕީލްކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

ސިޓީ އަށް އަޅާނެ ފިޔަވަޅުތަކެއްގެ ގޮތުގައި މީޑިއާގައި ދެކެވޭ ވާހަކަ އަށް ބަލާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. 

މެންޗެސްޓާ ސިޓީގެ މައްޗަށް 115 މައްސަލައިގެ ކުށް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމައިފި

މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ، މަކަރު ހަދާފައިވާ 115 މައްސަލައެއް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމައި، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެ ކްލަބަށް ވަނީ ދީފައި. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، އަޅާނެ ފިޔަވަޅެއްގެ ގޮތުން ޕޮއިންޓް އުނިކޮށްފާނެ

ސިޓީގެ މައްސަލައިގެ ޓައިމްލައިނެއް

ނޮވެމްބަރު 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީއަގަލް އިން ވަނީ ފުޓްބޯލް ލީކްސްގެ ނަމުގައި ސިޓީގެ މި މައްސަލަތަކުގެ ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އެއާ އެކު، 2019 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ރަސްމީކޮށް ސިޓީގެ މައްސަލަތައް ބަލަން ފެށި އެވެ. އެ އަހަރު މެއި މަހު ސިޓީން ވަނީ ނޫހަކުން އާންމުކުރި މި ފަދަ ލިޔެކިޔުންތަކެއްގެ މައްސަލަ ޔުއެފާ އިން ބަލާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، އެޕީލް ކުރަން ވެސް ވަގުތުން ހުށަހެޅި އެވެ. 

ސިޓީން ހުށަހެޅި އެޕީލާ ދެކޮޅަށް ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަޔާނެއް ނެރެފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ބޭރުކޮށް، 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު، އެ އަހަރު ޖުލައި މަހު ސިޓީން ވަނީ ކާސް މެދުވެރިކޮށް ޔުއެފާގެ އެ ނިންމުމާ ދެކޮޅަށް އެޕީލް ކާމިޔާބުކޮށްފަ އެވެ. 

ކާސްގެ އެ ނިންްމުމުގެ އެއް އަހަރު ފަހުން، ޕްރިމިއާ ލީގުން ވަނީ، 2021 ވަނަ އަހަރު ޖުލައި މަހުގައި ސިޓީގެ މި މައްސަލަތައް ބަލަން ފަށައިފަ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ޑިއާ ސްޕީއަގަލް އިން ވަނީ ސިޓީގެ މާލީ ގޯސްތަކުގެ އިތުރު ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އަދި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޕްރިމިއާ ލީގުން ވަނީ ސިޓީން މާލީ ގޮތުން އޮޅުވާލައި، މަކަރު ހެދި ކަމުގެ 115 މައްސަލައެއްގައި ސިޓީއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕްރިމިއާ ލީގާއި ސިޓީން ވަނީ 10 ހަފްތާގެ އަޑުއެހުންތަކެއް މި މައްސަލައިގައި ފަށައިފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އޭރު ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ވަނީ މަހެއްހާ ދުވަސްތެރޭ، 115 މައްސަލައިގައި ސިޓީއާ މެދު އަޅާ ފިޔަވަޅެއް އެނގިގެންދާނެ ކަމަށް. ބުނެފަ އެވެ. އޭގެ އެއް އަަހަރު ފަހުން، މިދިޔަ ޖޫން މަހު ގާޑިއޯލާ ވަނީ 10 އަހަރަށް ފަހު ސިޓީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. 

1.1 ބިލިއަން ޑޮލަރުގެ ބޮޑު އޮޅުވާލުމެއް

ޕްރިމިއާ ލީގުން ކަނޑައެޅި މިނިވަން ޕެނަލަކުން ސިޓީގެ މައްސަލަ ތަހުގީގު ކުރިއިރު، އެ ކްލަބްގެ މާލީ ހިސާބުތައް ވަނީ ވަރަށް ރަނގަޅަށް ދިރާސާ ކޮށްފަ އެވެ.

އެ ގޮތުން، މައްސަލަތައް ބެލި މުއްދަތުގެ ތެރޭގައި، ސިޓީން ކޮންޓްރެކްޓްތަކެއްގެ އެއްބަސްވުންތައް ނުއަގުގައި ތައްޔާރުކޮށް، އެ ކްލަބްގެ ފައިދާގެ ގޮތުގައި، ކްލަބްގެ އެކައުންޓްގެ ރެކޯޑްތަކުން ނުދައްކާ 1.1 ބިލިއަން ޑޮލަރު ވަނީ ކޮންޓްރެކްޓްތަކުގަޔާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމަނައިފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުގައި، ސިޓީގެ މައްޗަށް ކުށް ސާބިތުވެފައިވާ މައްސަލަތަކުގައި އެ ޓީމަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ވަރުގެ މައްސަލަތައް ގިނަ އެވެ. 

ޕްރިމިއާ ލީގުން ބަޔާން ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި، ސިޓީން ވެސް ވަނީ އެ ކްލަބްގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. އެ ގޮތުން، ސިޓީން ބުނެފައިވަނީ، ޕްރިމިއާ ލީގުން ނެރުނު ބަޔާނާ ގުޅިގެން ލިބުނީ ހައިރާންކަމެއްގެ އިތުރުން ސިހުމެއް ކަމަށެވެ. އަދި، އެޕީލް ކުރުމަށް ލިބިފައިވާ ހައްގުގެ ބޭނުންކޮށް ސިޓީން އެ ޓީމުން ކުށެއް ނުކުރާކަން އިސްތިއުނާފު މަރުހަލާގައި ސާބިތުކޮށްދޭނެ ކަމަށް ސިޓީގެ ބަޔާނުގައިވެ އެވެ. 

ދާދި ފަހުން، ސިޓީގެ މައި ސްޕޮންސަރުން ކަމަށްވާ އިއްތިހާދު އެއާވޭސް އިން ވަނީ، އެ ކުންފުނިން ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުމާ ގުޅޭ ހަގީގަތާ ހިލާފު ވާހަަކަތަކެއް ދައްކާ ކަމަށް ބުނެ، ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox