މެންޗެސްޓާ ސިޓީ އަށް ކޮންމެ އަދަބެއް ދިނަސް އެހެން ކްލަބްތަކުގެ ގެއްލުމުގެ ފޫނުބެއްދޭނެ

Sep 30, 2026, 9:36 AM
ކުރިން ޕްރިމިއާ ލީގުގެ ތިން ކްލަބަކަށް ކޯޗުކޮށްދިން އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ.

ކުރިން ޕްރިމިއާ ލީގުގެ ތިން ކްލަބަކަށް ކޯޗުކޮށްދިން އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ.

ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 30) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެ، ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގައި ކުށް ސާބިތުވެފައިވާއިރު، އެ ޓީމަށް ކޮންމެ އަދަބެއް ދިން ކަމުގައި ވިޔަސް އެހެން ކްލަބްތަކަށް ލިބުނު ގެއްލުމުގެ ފޫނުބެއްދޭނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ. 

ސިޓީގެ މައްޗަށް ކުށް ސާބިތުވާކަން ޕްރިމިއާ ލީގުން ނިންމާފައިވާއިރު، އެޕީލް ކުރުމުގެ ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް އޮތީ ހުޅުވިފަ އެވެ. ސިޓީން އަންނަނީ އެއްވެސް ކުށެއް ނުކުރާ ކަމަށް ބުނެ، އެ ކްލަބުން ދިފާއުގައި ދައްކަމުން އަންނަ ވާހަކަ ތަކުރާރުކޮށްފަ އެވެ. 

މެންޗެސްޓާ ސިޓީގެ މައްޗަށް 115 މައްސަލައިގެ ކުށް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމައިފި

މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ، މަކަރު ހަދާފައިވާ 115 މައްސަލައެއް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމައި، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެ ކްލަބަށް ވަނީ ދީފައި. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، އަޅާނެ ފިޔަވަޅެއްގެ ގޮތުން ޕޮއިންޓް އުނިކޮށްފާނެ

ތަހުގީގަށް ފާހަގަކުރެވުނު 115 މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ އެވެ. ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ އެވެ.

ސިޓީ އަށް އަޅާނެ ފިޔަވަޅުތަކެއްގެ ގޮތުގައި މީޑިއާގައި ދެކެވޭ ވާހަކަ އަށް ބަލާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. 

ޕްރިމިއާ ލީގުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، މި ވަގުތު އެމެރިކާގެ ގައުމީ ޓީމާ ހަވާލުވެހުރި، ޕޮޗެޓީނޯ ބުނީ، ހަގީގަތަކީ، ސިޓީ އަށް އަޅާ ފިޔަވަޅަކީ ކޮން ވިސްނުމެއްގައި ކުރާ ކަމެއްކަން ދެނެގަތުން ކަމަށެވެ. އެ ގޮތުން، މީގެ ކުރިން މާލީ މައްސަލަތަކުގެ ސަބަބުން އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓަށް އެޅި ފިޔަވަޅުތަކަށް ބަަލައި، ސިޓީ އަށް ދޭ އަދަބު މިނެކިރުމަކީ ކުރުން ރަނގަޅު ކަމެއްތޯ ޕޮޗެޓީނޯ ވަނީ ސުވާލު އުފައްދައިފަ އެވެ. 

"ވަރަށް ފުޅާކޮށް ދެއްކޭނެ ވާހަކަ މިއީ. ސުވާލަކަށް ވާން ޖެހޭނީ އިންސާފުގެ ވާހަކައެއް ނޫން. އެއީ، ކޮންމެ ގޮތެއްވިޔަސް ސިޓީ އަށް ކޮންމެ އަދަބެއް ދިން ކަމުގައި ވިޔަސް، އެ ގެއްލުނު ހުރިހާ ކަމަކަށް އިންސާފެއް ނުލިބޭނެ. ގެއްލުމުގެ ފޫބެއްދުން ވެސް އެއީ ކުރެވޭނެ ކަމެއް ނޫން. އެކަމަކު، ދޭ އަދަބަކީ މިސާލަކަށް ވާންޖެހޭ،" ޕްރިމިއާ ލީގުގަައި ސައުތެމްޓަން އަށް ވެސް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ. 

"އެހެން ކްލަބަކުން މި ފަދަ ކަމެއް ކުރަން ޖެހިލުންވާފަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" 

ސިޓީން އޮޅުވާލި ކަމުގެ މައްސަަލަތައް އެއް ބިލިއަން ޑޮލަރަށް ވުރެން އިތުރެވެ. އެވަޓަން އިން 40 މިލިއަން ޑޮލަރުގެ ގެއްލުމުގެ ކަންކަން ގަވާއިދާ ހިލާފަށް ރިޕޯޓްކުރުމާއި މާލީ ގަވާއިދާ ގުޅޭ އެކި މައްސަލަތަކާ ހެދި އެއް ފަހަރު 10 ޕޮއިންޓް އުނިކުރިއިރު، އެޕީލަށް ފަހު އެ ފަހަރު ހަ ޕޮއިންޓަށް ކުޑަކުރަން ނިންމި އެވެ. އަދި, ދެ ވަނަ ފަހަރު ދެ ޕޮއިންޓް އުނިކުރަން ނިންމި އެވެ. ފޮރެސްޓުގެ 40 މިލިއަން ޑޮލަރުގެ ގެއްލުމުގެ މައްސަލައެއްގައި އެ ޓީމު އަތުން ހަތަރު ޕޮއިންޓް އުނިކޮށް، ޖޫރިމަނާކުރި އެވެ. އެވަޓަން އާއި ފޮރެސްޓްގެ އަދަބު ކުޑަވީ ކުށަށް އިއުތިރާފުވުމުންނެވެ. 

ސިޓީން އަންނަނީ އެ ކްލަބުން ގޯހެއް ނަހަދާކަން ސާބިތުކޮށްދިނުމަށްޓަކައި، ގާނޫނީ ގޮތުންކުރަން ޖެހޭ ކަންކަމަށް ތައްޔާރުވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox