މެންޗެސްޓާ ސިޓީން ތަށިތައް ހޯދީ މަކަރު ހަދައިގެންނެއް ނޫން: މަރެސްކާ

Oct 10, 2026, 6:50 AM
ސިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަރެސްކާ

ސިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަރެސްކާ

މެންޗެސްޓާ (އޮކްޓޫބަރު 10) - މެންޗެސްޓާ ސިޓީގެ މައްޗަށް ތަހުގީގެއް ހިނގި ކަމުގައި ވިޔަސް އެ ކްލަބުން ހޯދާފައިވާ ތަށިތަކަކީ މަކަރުހަދައިގެން ހާސިލްކޮށްފައިވާ ކަންކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު، އެންޒޯ މަރެސްކާ ބުނެފި އެވެ. 

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފަށް މާލީ ކަންކަމުގައި މަކަރު ހެދުމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ އެކު، އެ ޓީމުން މިދިޔަ އަހަރުތަކުގައި ހޯދާފައިވާ ތަށިތައް އަތުލުމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ. 

ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެެރެއިން 114 މައްސަލައެއް ސިޓީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެކަމަކު، ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. ސިޓީން ވަނީ މި މައްސަަލައިގައި އެޕީލް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުންހިފައިފަ އެވެ. 

Advertisement

ޕްރިމިއާ ލީގުން ކަނޑައެޅި މިނިވަން ޕެނަލަކުން ކުރިއަށްގެންދިޔަ ތަހުގީގުން ސިޓީގެ މައްޗަށް ސާބިތުވި މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ މައްސަލަ އެވެ. ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި މައްސަލަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު، ސިޓީން ކުޅޭ ފުރަތަމަ މެޗަކީ، އިނގިރޭސި ޕްެރިމިއާ ލީގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަރެސްކާ ގާތުގައި ސިޓީން ހޯދި ތަށިތަކުގެ "ސައްހަ" ކަމާ ބެހޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ. 

"އަހަރެން މި ކްލަބަށް އައީ ފުރިހަމަ ޔަގީންކަމާ އިތުބާރާ އެކު، ކްލަބުން ދައްކާ ވާހަކަ އަހަރެން 100 ޕަސެންޓް އިތުބާރުކުރަން. ޝައްކު ކުރާނެ ޖާގައެއް ނެތް،" ނުވަ އަަހަރަށް ފަހު، ޕެޕް ގާޑިއޯލާ، ސިޓީގެ ކޯޗުކަން ދޫކޮށްލުމުން އެ މަގާމާ ހަވާލުވި މަރެސްކާ ބުންޏެވެ. 

މީގެ ކުރިން ސިޓީގެ ކޯޗިން ސްޓާފުންގެ ތެރޭގައި ގާޑިއޯލާއާ އެކު މަސައްކަތްކުރި މަރެސްކާ ވަނީ އެ ކްލަބްގެ ކާމިޔާބީތައް ދިފާއުކޮށްފަ އެވެ. 

"މި ކްލަބުން ހޯދި ކާމިޔާބީތައް އެއީ ރަނގަޅަށް ކުރި ކަންކަން، ތަށިތައް ހޯދީ މަކަރު ހަދައި އޮޅުވާލައިގެންނެއް ނޫން،" ޗެލްސީ އާއި ލެސްޓާ ސިޓީ އަށް ވެސް ކުރިން ކޯޗުކޮށްދިން މަރެސްކާ ބުންޏެވެ. 

އޭނާ ވަނީ ސިޓީން މިހާރު ހުށަހަޅާފައި އޮތް މައްސަލައިގެ އެޕީލް ކަންކަން ކާމިޔާބުކުރާނެ ކަމަށް ބުނެފަ އެވެ. 

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ. އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ސިޓީއާ މެދު ޕްރިމިއާ ލީގުން ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނާނެކަމަށް އިނގިރޭސި މީޑިއާ އިން އަންނަނީ ތުހުމަތުކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox