ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމު ލީޑުކުރާނީ ކޯޗު ޒަކީރޯވް

Oct 13, 2026, 10:35 PM
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތެރެއިން ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް--- ފޮޓޯ: އަދަދު ސްޕޯޓްސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތެރެއިން ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް--- ފޮޓޯ: އަދަދު ސްޕޯޓްސް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ވާދަކުރަން ނިންމާފައިވާއިރު، އެ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމު ކުޅޭނީ އުޒްބެކިސްތާންގެ ކޯޗު، ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކަމަށް އެފްއޭއެމް އިން ބުނެފި އެވެ. 

އަންނަ މަހު ކުރީކޮޅުގައި ކުޅޭ މި މުބާރާތް ޗައިނާގައި ހޯސްޓްކުރާއިރު، އެ ގައުމާއި ރާއްޖޭގެ އިތުރުން ދެން ކުޅޭނީ ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ އެވެ. 

ޗައިނާ މުބާރާތަށް ރާއްޖޭން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ޓީމުގައި މެޖޯރިޓީ ހިމެނެނީ، ސާފް ފުޓްސަލް މުބާރާތުގައި ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އަދި، މިހާރު ރާއްޖޭން ޓްރެއިނިން ކުރިއަށްގެންދަނީ، ކޯޗު ޒަކީރޯވްއާ އެކު، ސާފް ފުޓްސަލް ޓީމުގައި ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި، އަހުމަދު ނިއާޒް (ނިޔާ) އާއި މުހައްމަދު ފުހެއިދު (ޓޯޑް)ގެ ބެލުމުގެ ދަށުންނެވެ. އެފްއޭއެމް އިން ވަނީ ޓްރެއިނިން ކުރިއަށްގެންދަނީ ކޯޗު ޒަކީރޯވްގެ ޕްލޭނާ އެއްގޮތަށް ކަމަށް ބުނެފަ އެވެ.  

ޒަކީރޯވް ވަނީ އުޒްބެކިސްތާން ލީގުގައި މަސައްކަތްކުރުމުގެ އިތުރުން އެ ގައުމުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގައި މަސައްކަތްކޮށްފަ އެވެ. އޭނާ ވަނީ އުޒްބެކިސްތާން އަންހެން ޓީމު ގޮވައިގެން ފުޓްސަލް އޭޝިއަން ކަޕަށް ދަތުރުކޮށްފަ އެވެ. ކުޅުމުގެ ކެރިއަރަށް ބަލާއިރު، ޒަކިރޯވް ވަނީ އުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ޓީމަށް ވެސް 2001 އިން 2008 އަށް ކުޅެފަ އެވެ.

ގައުމީ ފުޓްސަލް ޓީމާ ޒަކީރޯވް ގުޅޭނީ އަންނަ މަަހު ޗައިނާ އިންނެވެ. 

ޗައިނާ އިންޓަނޭޝަނަލް މުބާާރާތުގައި، ރާއްޖޭން ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ކުޅޭނީ ދެކުނު ކޮރެއާއާ އެވެ. ދެ ވަނަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ހޮންގް ކޮންގްއާ އެވެ. އަދި، ފަހު މެޗުގައި އަންނަ މަހު ނުވަ ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާނެ އެވެ. 

މިދިޔަ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން، ރާއްޖޭގެ ގައުމީ ޓީމުން ވަނީ ޗައިނާގައި ކޭމްްޕްކޮށްފަ އެވެ. ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް ތަށި ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. 

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ. އެކަމަކު ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ މެޗުތަކުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، ފަހު މެޗުގައި، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވި އެވެ.

ސާފްގެ ކާމިޔާބީއާ އެކު، ފީފާ އިން އެންމެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 99 ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox