ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ: އަޒްމިރަލްދާގެ ވަކީލުން

ޑރ. އަޒްމިރާލްދާ ޒާހިރު (ވ) އޭނާގެ ވަކީލާއެކު -- ފޮޓޯ: އަދަދު

ޑރ. އަޒްމިރާލްދާ ޒާހިރު (ވ) އޭނާގެ ވަކީލާއެކު -- ފޮޓޯ: އަދަދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމުމުން އެނގިގެންދަނީ އެ މައްސަލައަކީ ފެށުމުގައިވެސް ތުހުމަތު ކުރެވޭނެ އަސާސެއް އޮތް މައްސަލައެއް ނޫންކަން ކަމަށް އަޒްމިރާލްދާގެ ވަކީލުން ބުނެފި އެވެ.

އަޒްމިރާލްދާގެ ގާނޫނީ ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި  ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވެން ވެސް ނެތްކަން ދޮޅު އަހަރުގެ ދިގު ތަހުގީގެއްކޮށް އެ މައްސަލަ ނިންމިއިރު، އޭނާއާ ތަހުގީގާ ގުޅިގެން އެއްވެސް ސުވާލެއްވެސް ކޮށްފައިނުވާ ކަމަށެވެ. 

""ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާކަމަށް ބެލެވެންވެސް ނެތްކަން ދޮޅު އަހަރަށްވުރެ ދިގު ތަހުގީގަކަށްފަހު ނިންމާފައިވަނީވެސް ޑރ. އަޒްމިރާލްދާ ޒާހިރުއާ ސުވާލެއްވެސް ކުރުމެއްނެތި. މި މިންވަރުން އެކަނިވެސް މި މައްސަލައަކީ ފެށުމުގައިވެސް ތުހުމަތުކުރެވޭނެ އަސާސެއް އޮތް މައްސަލައެއް ނޫންކަން އިތުރަށް ސާފުވެގެންގޮސްފައިވާކަމަށް ދެކެން،" އަޒްމިރަލްދާގެ ގާނޫނީ ޓީމުން ބުންޏެވެ. 

އަޒްމިރާލްދާގެ ގާނޫނީ ޓީމުން ބުނީ އޭނާގެ މައްޗަށް އޭސީސީން ތަހުގީގު ހިންގަން ފަށަފައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖޫން 11، 2026، ގައި ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާކޮށްދޭން އެދުމުން މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ޕީޖީން ވަނީ ކަނޑައަޅާފަ އެވެ. 

"ތިޔަފަރާތުގެ މައްޗަށް ތުހުމަތުކޮށް މި ހިދުމަތަށް ހުށަހަޅާފައިވާ މައްސަލައިގައި ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކޮށް ބެލިއިރު މި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ މި ހިދުމަތުގައި ފައިލްކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުން ބުންޏެވެ. 

އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީވެސް މަގާމުގެ ނުފޫޒު ނާޖާއިޒްގޮތުގައި ބޭނުންކުރި މައްސަލައިގައި ތަހުގީގު ހިންގި އެވެ. އެ މައްސަލައިގައިވެސް ދައުވާކުރަން އެދުމުން ޕީޖީން ބުނެފައިވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށެވެ. އެގޮތުން އެ މައްސަލަ ފުލުހުން ވަނީ ފައިލްކޮށްފަ އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަޒްމިރާލްދާ އާއި މަހާޒް އަލީ ގާމުން ވަކި ކުރީ އޭސީސީއަށް މައްސަލައެއް ހުށަހަޅައި، ފަހުން އެ މައްސަލަ ޖޭއެސްސީ އިން ބެލުމަށްފަހު މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ. 

އެ ދެ ބޭފުޅުން މައްސަލަ އޭސީސީގެ އިތުރުން ޖޭއެސްސީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ބަލަން ފެށުމުންނެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އާއި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފެށީ ފެބްރުއަރީ، 2024، ގަ އެވެ. އެ މައްސަލަ ބަލަން ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި އޮއްވަ އެވެ.

މައްސަލަ ތަހުގީގު ކުރަނިކޮށް ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މެއި، 2024، ގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔާ ހިލާފަށް ވަނީ ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ ވަކިކޮށްފަ އެވެ.

އަޒްމިރާލްދާ އާއި މަހާޒްއަށް ފުރުސަތު ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވެސް ދިފާއުވުމުގެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox