މަދަރުސާއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

Oct 8, 2026, 5:38 PM
އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި. އޭގެ ތެރެއިން ޖަލުގައި އިތުރު މުއްދަތެއް ހޭދަކުރަން ޖެހެނީ އަރުހަމް ނަމަކަށް ކިޔާ މީހަކު އެކަނި -- ފޮޓޯ: ސްކްރީން ކެޕްޗާ

އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި. އޭގެ ތެރެއިން ޖަލުގައި އިތުރު މުއްދަތެއް ހޭދަކުރަން ޖެހެނީ އަރުހަމް ނަމަކަށް ކިޔާ މީހަކު އެކަނި -- ފޮޓޯ: ސްކްރީން ކެޕްޗާ

ގިނަ ދަރިވަރުން އެއްތަންވާ ދަނޑިވަޅެއް ބަލައި، ތ. ތިމަރަފުށީ މަދުރުސާގެ ލެބޯޓަރީ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ އެވެ. 

ފެބްރުއަރީ 8، 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލާގައި މިއަދު ވަނީ ހުކުމްކޮށްފަ އެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ އަށް މީހުންގެ މައްޗަށެވެ. 

އެ މީހުންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، ޓެރަރިސްޓު ޖަމާއާތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމާއި، ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ހިމެނެ އެވެ. 

Advertisement

ދައުވާ އުފުލި އަށް މީހުން:

  1. ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު
  2. ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު
  3. ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް
  4. ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު
  5. ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދު
  6. ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް
  7. ނ. ކުޑަފަރި، ރޯޒްމީޑު، ޢިބްރާހިމް ލޫތު
  8. ރ. ކަނދޮޅުދޫ، އަލީ އަރުހަމް މުހައްމަދު

\އޭގެ ތެރެއިން އަބްދުالله އިމާދު އާއި އަލީ މުނީޒު އާއި  އަލީ އަރުހަމް މުހައްމަދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އަބްދުالله އިމާދު އާއި އިބްރާހިމް ލޫތުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވިއިރު އަލީ އަރުހަމްގެ މައްޗަށް ވަނީ ހަނގުރާމައަށް ދާން އުޅުނު ކަމުގެ ކުށް ސާބިތުވެފަ އެވެ. ދެން އުފުލި ދައުވާތައް ސާބިތުވެފައެއް ނުވެ އެވެ. 

އެ މީހުންގެ ތެރެއިން އަރުހަމް ފިޔަވައި އެންމެން ވަނީ މިނިވަންވެފަ އެވެ. އެއީ ބަންދުގެ މުއްދަތުގައި ޖަލު ހުކުމަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ އެވެ. 

"މައްސަލާގައި ސާބިތުނުވާކަމަށް ނިންމާފައިވާ ދައުވާތައް އިސްތިއުނާފުކުރުމާމެދު، މައްސަލައިގެ ރިޕޯޓު ލިބުމުން މި އޮފީހުން ގޮތެއް ނިންމާނަން،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

މި މީހުން ވަނީ، ދައުލަތުން ތުހުމަތު ކުރާ ގޮތުގައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް އައީޑީއެއް ތައްޔަރުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޮއްވާލަން އުޅެފަ އެވެ. ފުލުހުން ކުރިން ބުނެފައިވަނީ، ގޮއްވާލަން އުޅުނު އެއް ތަނަކީ ތިމަރަފުށީގެ ސްކޫލުގެ ލެބޯޓްރީ ކަމަށެވެ.

ތިމަރަފުށި މައްސަލައިގައި ހިމެނޭ މީހުން ތިބީ ހައްޔަރުކުރި ދުވަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މި މީހުން ބަންދުގައި ތިބި މުއްދަތު ދިގުލައިގެން ދިޔުމުން "އެންޑް ވާނުވާ" އެއްވުންތަކުގައި އާއިލާތަކުން ބައިވެރިވެ އަޑު އުފުލާފައިވެ އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox