ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެގެން ކުރިއަށްދާން

Oct 13, 2026, 11:10 AM
ކަވެންޓްރީގެ ކޯޗު ފްރޭންކް ލަމްޕާޑް.

ކަވެންޓްރީގެ ކޯޗު ފްރޭންކް ލަމްޕާޑް.

ލަންޑަން (އޮކްޓޫބަރު 13) - ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ 25 އަހަރު ތެރޭ އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދި ކަވެންޓްރީ ސިޓީން ކުރިއަށްދާން ޖެހޭނީ ހަމަބިމުގައި ތިބެގެން ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ. 

ކަވެންޓްރީން ޕްރިމިއާ ލީގުގައި މި ކުޅެނީ ވެސް 25 އަހަރަށް ފަހު އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ކަވެންޓްރީ އަށް ލިބުމަކީ، 1987 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި ފަހުން އެ ކްލަބްގެ ތާރީހުގައި ހާސިލްވި އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ފަރާތަކީ، 2024 ވަނަ އަހަރުގެ ނޮވެމްބަަރު 28 ވަނަ ދުވަހު ކަވެންޓްރީއާ ހަވާލުވި ކޯޗު ލަމްޕާޑް އެވެ. ލަމްޕާޑް ހަވާލުވިއިރު، ލީގުގެ 17 ވަނައިގައި އޮތް ކަަވެންޓްރީގެ ހާލަތު އެއްކޮށް ކަހަލަ ގޮތަކަށް ބަދަަލުކޮށް، ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިދިނެވެ.

ޕްރިމިއާ ލީގަށް ނުކުމެ، ފުރަތަމަ ހަ މެޗު ނިމުނުއިރު، ކަވެންޓްރީން މި ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އަދި، ރޭ ނިއުކާސަލް އަތުން މޮޅުވުމަކީ، 2001 ވަނަ އަހަރުގެ ފަހުން، ޕްރިމިއާ ލީގަށް އައިސް، މި ލީގުގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. 

"އަހަރެމެން މި ދައްކައިދެނީ އަހަރެމެން މި ލެވަލްގައި ކުޅެން ހައްގުވާކަން، އެ ހަކަތަ އެބަހުރިކަން، ސަޕޯޓަރުންގެ އެ ފޯރި އެބައޮތްކަން. މި ހުރިހާ ކަމެއް މި ދަނީ ހަގީގަތުގައި މުޅި ކްލަބް އެއް މިސްރާބެއްގައި އޮތުމަށް. އެކަމަކު، ވިސްނަން ޖެހޭ ކަންކަން ވެސް ގިނަ، އަހަރެމެން މި ތިބި ލެވަލްގައި ސަމާލުކަން ކުޑަކޮށް ގެއްލުނަސް. މީގެ އަސަރު ޓީމަށް ބޮޑުވާނެ، އެހެންވީމަ، ހަމަބިމުގައި ތިބެގެން ކުރިއަށްދިއުން ބުއްދިވެރީ،" ކުރިން ޗެލްސީ އަށް ވެސް ކޯޗުކޮށްދިން ލަމްޕާޑް ބުންޏެވެ. 

ލަމްޕާޑް ބުނީ، ކަވެންޓްރީން އަދިވެސް ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ކަންކަން ރަނގަޅުކުރާނެ ކަމަށެވެ. ނޮޓިންހަމް ފޮރެސްޓާއި ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވުމަކީ ހަގީގަތުގައި ކަވެންޓްރީ އަށް ގިނަ ކަންކަން ދަސްކުރަން ވެސް ލިބުނު ފިލާވަޅުތަކެއްގެ ގޮތުގައި ލަމްޕާޑް ދެކެ އެވެ. 

ނިއުކާސަލް އަތުން މޮޅުވުމުގެ ކުރިން، ކަވެންޓްރީން އަމިއްލަ ދަނޑުގައި އެންމެ ފަހުން ޕްރިމިއާ ލީގުގެ މެޗަކުން މޮޅުވީ، 2001 ވަނަ އަހަރު ސަންޑަލެންޑް އަތުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox