ރާއްޖޭގެ ވަލިއްޔުލްއަމްރަކީ މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލުކުރާ ހިސާބަށް ހިނގައްޖެ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. ފޮޓޯ: މަޖިލިސް އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. ފޮޓޯ: މަޖިލިސް އިދާރާ

ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނެވީ ރައީސް މުހައްމަދު މުއިއްޒުތޯ ނުވަތަ އީގަލް ހިލްސް ކުންފުނީގެ ބާނީ، މުހައްމަދު އަލައްބާރުތޯ ސުވާލުކުރާ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ އަލައްބާރު ބޭނުންވާ ގޮތަކަށް ރާއްޖޭގައި ކަންކަން ކުރަމުންދާ ކަމަށެވެ. 

"މިއަދު އަޅުގަނޑު އިއްޒަތްތެރި ރައީސް ކައިރިން އަހާލާ ހިސާބަށް އެބަދޭ މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުތޯ ޑރ. އަލައްބާރުތޯ. އެ ހާލަތަށް ގައުމު ގޮސްފި،" އައްބާސް ވިދާޅުވި އެވެ.

Advertisement

ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންތިބި މީޑިއާތަކާއި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ވެސް މިއަދު މުޅީން ވެސް ދައްކަނީ އަލައްބާރުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން ހައްގުތަކުގެ ވާހަކަ އާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ވާހަކަ އެ މީޑިއާތަކުން ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލައްބާރެއް އަލައްބާރެއް އަލައްބާރެއް. ޔަހޫދީންގެ ހިމާޔަތާއި ރައްކާތެރިކަން ލިބޭ މީހުންނަށް ވާގިވެރިވާ މީހެއް. އަލައްބާރު، އަލައްބާރު، އަލައްބާރު، އަލައްބާރު،" އައްބާސް ވިދާޅުވި އެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމަށް އާންމުންނާއި ސިޔާސީ މީހުންގެ ފާޑުކިޔުން އަމާޒުވުމުން ސަރުކާރު ޕްރޮމޯޓުކުރާ މީޑިއާތަކުން ދަނީ  ވަރަށް ބޮޑަށް އީގަލް ހިލްސް ޕްރޮމޯޓު ކުރަމުންނެވެ.

އެގޮތުން، މިދިޔަ ހަފުތާގައި އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރު ވަނީ ރާއްޖެ ވަޑައިގެން، ރާއްޖޭގެ ބައެއް މީޑިއާތަކަށް ދައުވަތު ދެއްވައިގެން ގެންގޮސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށްފަހު، އެ ތަނަށް ދިޔަ ހުރިހާ މީޑިއާތަކުން ވެސް ދަނީ އެ މަޝްރޫއު ޕްރޮމޯޓު ކުރަމުންނެވެ.

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox