އާރުޓީއެލްގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލައިގައި އެމްޓީސީސީގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އޭނާ ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ އާރުޓީއެލް ފެރީތައް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ނުގެންދިޔުމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އޭނާ ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ އާރުޓީއެލް ފެރީތައް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ނުގެންދިޔުމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލައިގައި އެމްޓީސީސީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މައުރޫފް ފޮނުއްވި ސިޓީގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، އާރުޓީއެލް ފެރީގެ ދަތުރުތައް ކުއްލިއަކަށް ކެންސަލްވުމާއި އެ މައުލޫމާތު ކުރިއާލައި ނުލިބުމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

Advertisement

އޭގެ އިތުރުން، އާރުޓީއެލްގެ ޝެޑިއުލްއާ އެއްގޮތަށް ދަތުރުތައް ނުބާއްވާތީ ސިއްހީ ހިދުމަތްތައް ހޯދުމަށާއި އެއާޕޯޓުތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ފްލައިޓު ކެޓުމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އަދި، އަތޮޅުގެ އެކި ރަށްރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަތޮޅު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވެސް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، އެ މައްސަލަތައް މެދުވެރިވާ ސަބަބުތައް ދެނެގަން، އެ ހިދުމަތް ހަރުދަނާކުރުމަށްޓަކައި އެ ހިދުމަތް ދެމުންދާ އެމްޓީސީސީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މައުރޫފް އެދިވަޑައިގެންފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox