އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ ސީއީއޯ ސައުދީ (ވ) އަދި ރައީސް މުއިއްޒު: އެމްޓީސީސީއަށް ގަންނަ ޑްރެޖަރުގެ އަގު އެ ކުންފުނިން ހާމަކޮށްފައެއް ނުވޭ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ ސައުދީ (ވ) އަދި ރައީސް މުއިއްޒު: އެމްޓީސީސީއަށް ގަންނަ ޑްރެޖަރުގެ އަގު އެ ކުންފުނިން ހާމަކޮށްފައެއް ނުވޭ -- ފޮޓޯ: އެމްޓީސީސީ

ރަށްރަށުގެ ބިން އިތުރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބިން ހިއްކުމުގެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ތަންތަނުގެ މަސައްކަތް އަވަސް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮްންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ގަންނަން އުޅޭ ޑްރެޖަރުގެ އަގު ހާމަކުރަން އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

އެމްޓީސީސީއަށް ގެންނަ އާ ޑްރެޖަރަކީ، އެ ކުންފުނިން މިހާރު ގެންގުޅޭ ޑްރެޖަރު، "މަހާ ޖައްރާފު" އަށް ވުރެ އަޑިން، އެއީ 75 މީޓަރު ފުނުން ވެލި ނެގޭ ވަރުގެ ޑްރެޖަރެކެވެ. 

މި ޑްރެޖަރު ގެނައުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ކިޔައިދެއްވަމުން ޓީވީއެމްއިން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވީ އެ ކުންފުންޏަށް ގެންނަނީ ބަނދެ ނިމިފައި އޮތް ޑްރެޖަރެއް ކަމަށެވެ. މިހާރު ކުރިއަށް ދަނީ މި ޑްރެޖަރު ގަތުމުގެ ޕްރޮކިއުމަންޓް މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ،. 

Advertisement

"މަހާޖައްރާފަށް ނުފޯރާ ހިސާބުގައި ހުރި ވެލި ނަގާކަމަށްވެއްޖެއްޔާމުން އިތުރު އެޑިޝަނަލް ޑްރެޖަރެއް އެބަ ގެންނަން ޖެހޭ. ގާތްގަނޑަކަށް 75 މީޓާސްގެ ޑެޕްތުން ވެލި ނެގޭނެ. އެހެންވީމަ އެ މަސައްކަތް ކުރެވެމުން މިދަނީ. އެހެންނަމަވެސް މިއަދު މިހާރު ބަލަމުންދާއިރު މިއީ ވަރަށް ބޮޑަށް އެސެޓެއްގެ ވާހަކަ މިދައްކަނީ އަޅުގަނޑުމެންގެ ރިކުއާމަންޓާ އެއްގޮތަށް ބަލާ ކަމަށްވަންޏާމުން،" ސައުދީ ވިދާޅުވި އެވެ. 

"މީތި ގަންނައިރު އަޅުގަނޑުމެން ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށްވާތީވެ، ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއިން އެ މަސައްކަތް ކުރެވެމުން މިދަނީ އެނގޭތޯ. މިހާރު އަޅުގަނޑުމެންނަށް ލިބިފައި އިންނަ އޮފާއެއް ހަމަ އަޅުގަނޑުމެންގެ މި ރިކުއާމަންޓަށް ފިޓްވާ ކަހަލަ ސްޕެކްސްގައި ހުރި ޑްރެޖަރެއް ބަނދެ ނިންމާފައި އޮތް އެއްޗެއް."

އެމްޓީސީސީން އަންނަނީ ޑްރެޖަރު ގަތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޓްރަޔަލްތައް ފުރިހަމަ ކުރަމުންނެވެ. މި ޓްރަޔަލްތަކުގައި، ޑްރެޖަރުގެ ޕާފޯމަންސާއި އަޑިން ވެލި ނެގޭ މިންވަރު ބަލާނެ ކަމަށް ސައުދީ ވިދާޅުވި އެވެ. 

"ބަނދެ ނިންމާފައިވާ އެއްޗަކަށްވާތީވެ ޕޭމަންޓް ހެދުމުގެ ކުރިން މޭކް ޝުއާ ކުރަންޖެހޭ ބައެއް ކަހަލަ ކަންތައްތައް. މިސާލަކަށް އޭތީގެ މިކިޔަނީ ސީ ޓްރަޔަލް އެތި ދުއްވުން. ހަމަ އެއާއެއްކޮށް އަޅުގަނޑުމެން އެބަޖެހޭ ޑްރެޖިން ޓްރަޔަލްއެއް ވެސް ހަދަން. އެ ފުންމިނަށް ވެލި ނެގޭތޯ، އޭގެ ޕާފޯމަންސާއި އެ ހުރިހާ އެއްޗެއް. މި ހުރިހާ އެއްޗެއް މޭކް ޝުއާ ކުރުމުގެ ޕްރޮސެސްގެ ތެރޭގައި މިހާރު މިއުޅެނީ،" ސައުދީ ވިދާޅުވި އެވެ. 

މި މައުލޫމާތުތައް ހިއްސާކުރެއްވި ނަމަވެސް، ޑްރެޖަރު އަންނާނެ ތާރީހެއް ނޫނީ އޮޕަރޭޝަންތައް ފަށާނެ ތާރީހެއް ސައުދީ ވިދާޅެއް ނުވެ އެވެ. މި މައުލޫމާތު ސާފުކުރަން އަދަދު ނޫހުން ގުޅައި، މެސެޖު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ. 

މި ޑްރެޖަރު ގެންނަން އުޅޭ ކަން ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު 25، ގައި ޕީއެސްއެމް އިން ގެނެސްދިން ނޭޝަން ޗެޓްގައި ރައީސް މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވިދާޅުވީ އެމްޓީސީސީގައި އޮތް މަހާޖައްރާފަށްވުރެ ތިން ގުނަ ބޮޑު މަހާޖައްރާފެއް މި ނޮވެމްބަރު މަހު، އެއީ އަންނަ މަހު، ރާއްޖެ ގެނެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި "އަލަށް ބަނދެފައިވާ" މި ޑްރެޖަރު ގެނެވުމާއެކު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް ވަރަށް ބާރަށް ކުރިއަށް ދާނެ އެވެ. 

އެމްޓީސީސީއަށް އެންމެ ފުރަތަމަ ޑްރެޖަރެއް ގެނެސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 36 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ ވަރުގެ ގާބިލުކަން ލިބިފައިވާ މި ޑްރެޖަރަށް އެންމެ ފުނުން ވެލިން ނެގެނީ 50 މީޓަރު އަޑިންނެވެ. 

މިހާރު ރާއްޖޭގައި މިހާ ފުނުން ވެލި ނަގައިގެން ހިންގާ ޕްރޮޖެކްޓުތަކުގައި ބޭނުންކުރަނީ ބޭރު ކުންފުނިތަކުގެ ޑްރެޖަރުތަކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox