10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފަޔާޒް އާއި ދީނާ އަށް

Aug 18, 2024, 12:18 PM
10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ދީނާ (ކ) އާއި ފަޔާޒް (ވ)، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ސަޖަންއާ އެކު.--- ފޮޓޯ: ޕޫލްބިލިއާޑް އެސޯސިއޭޝަން

10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ދީނާ (ކ) އާއި ފަޔާޒް (ވ)، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ސަޖަންއާ އެކު.--- ފޮޓޯ: ޕޫލްބިލިއާޑް އެސޯސިއޭޝަން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)، 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހުސެއިން ފަޔާޒް އާއި ދީނާ އަހުމަދު ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ފަޔާޒް ބައްދަލުކުރީ އިސްމާއިލް ސުވައިދުއާ އެވެ. ފައިނަލް މެޗުން ސުވައިދުގެ މައްޗަށް ފަޔާޒް ކުރިހޯދީ 11-10 ފްރޭމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ފަޔާޒް ކުރިހޯދާފައި މި ވަނީ ހަނި ފަރަގަކުންނެވެ. މުބާރާތުގެ އެންމެ ގިނަ ރަން އައުޓް (9) ހެދީ ވެސް ޗެމްޕިއަންކަން ހޯދި ފަޔާޒް އެވެ.

ފިރިހެން ޑިވިޝަނުގެ ރޭންކިން އަށް ބަލާއިރު، ގަދަ ދޭއްގައި ހިމެނެނީ، ފަޔާޒް އާއި ސުވައިދު އެވެ. ދެން، ތިބި ކުޅުންތެރިންގެ ރޭންކިން ތަރުތީބުކޮށްފައިވާ ގޮތުން، ގަދަ އަށެއްގައި ދެން ހިމެނެނީ، މުހައްމަދު ސާހިލް ހަމީދު، އަހުސަން ހާޝިމް، ހަސަން ޝާޒް މުހައްމަދު، ފަތުހުﷲ ޖަމީލް، އަލީ ފަޔާޒް އަދި މޫސާ ޝާމިއު އެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ދީނާ ހޯދީ ފައިނަލުގައި، އައިޝަތު އަލީ އަތުން 7-2 ފްރޭމުން މޮޅުވެގެންނެވެ. ދީނާ ވަނީ ފައިނަލް މެޗުގައި އެކްސްޕީރިއަންސްގެ ބޭނުންކޮށް، ރަނގަޅު މޮޅެއް ހޯދައިފަ އެވެ.

އަންހެން ޑިވިޝަނުގެ ރޭންކިން އަަށް ބަލާއިރު، ތިން ވަނަ އަށް ދިޔައީ، ފަގީހާ އިބްރާހިމް އެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަން، އައިމިނަތު އަޒްރާ ދިޔައީ ހަތަރަކަށެވެ.

މިދިޔަ އަހަރުގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ތަށި ހޯދީ، ޝާޒް އެވެ. ޝާޒް ވަނީ ފައިނަލުގައި، މި އަހަރުގެ ޗެމްޕިއަން، ފަޔާޒް އަތުން މިދިޔަ އަހަރު ފައިނަލުގައި މޮޅުވެފަ އެވެ. އަންހެން ފައިނަލުގައި އަޒްރާ މޮޅުވީ، ފާތީ އަތުންނެވެ. މި ފަހަރުގެ ޗެމްޕިއަން، ދީނާ މިދިޔަ އަހަރު ދިޔައީ، ތިން ވަނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox