މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް: ރާއްޖޭގެ ޝިވާޒް ނޮކައުޓް ބުރަށް

Jun 27, 2024, 6:58 AM
މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޝާޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޝާޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މިހާރު ރާއްޖޭގައި ކުރިއަށްދާ މޯލްޑިވްސް އޯޕަން، 10 ބޯލް ޕޫލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުން، ރާއްޖޭގެ އަހުމަދު ޝިވާޒް ފުރުސަތު ހޯދައިފި އެވެ.

ޝިވާޒް، އަކީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންގެ ތެރެއިން ނޮކައުޓަށް ދަތުރުކުރި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އެވެ. އެ ގޮތުން ބަލާއިރު، ޝިވާޒް ވަނީ ވާދަކުރި ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗުން މޮޅުވެފަ އެވެ.

Advertisement

އެ ގޮތުން، ފުރަތަމަ މެޗުގައި ކުވެއިތުގެ ބަދޭރު އަލްވާދީ އަތުން ޝިވާޒް 8-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވަނީ، މޮޅުވެފަ އެވެ. އެއީ، ވިއެޓްނާމްގެ ނުގުޔެން އަން ޓުއާން އަތުން 8-0 އިންނާއި މެލޭޝިއާގެ ޑަރީލް ޝިއާ އަތުން 8-4 އިންނެވެ.

މިއަދު ދެ ވަނަ ބުރުގައި ކުޅޭ މެޗުގައި، ޝިވާޒް ބައްދަލުކުރާނީ، ޝޯން މަރިކްއާ އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް އޯޕަންގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު ވަނީ މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރުން ޖާގަ ހޯދައިފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ތައިޕޭގެ ކޯ ޕީ ޗުން އެވެ. އޭނާ ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިން ބަލިކުރުމަށްފަހުގަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ޕޫލް ބިލިއާޑް ސެންޓަރުގައި، ކުރިއަށްދާ މި ފަހަރުގެ މޯލްޑިވްސް އޯޕަންގައި ޖުމްލަ 96 ކުޅުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފަސް ޗެމްޕިއަނުން ހިމެނޭ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox