ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސިފައިންނަށް

Nov 6, 2024, 10:35 AM
ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދި ސިފައިންގެ ޓީމަށް ސްޕޯޓްސް މިިނިސްޓަރު ރާފިއު ތަށި ހަވާލުކޮށްދެއްވަނީ،---- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދި ސިފައިންގެ ޓީމަށް ސްޕޯޓްސް މިިނިސްޓަރު ރާފިއު ތަށި ހަވާލުކޮށްދެއްވަނީ،---- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދިއިރު, ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު ދުންޔާޒް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފި އެވެ.

ރޭ ކުރިއަށްދިޔަ ބިލިއާޑް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބުން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކުރީ 3-2 ގޭމުންނެވެ.

މީގެ އިތުރުން ފިރިހެން ސިންގަލްސް ފައިނަލުގައި ދުންޔާޒް ވާދަކުރީ ހުސެއިން ފަޔާޒްއާ އެވެ. ދުންޔާޒް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފަޔާޒްގެ މައްޗަށް 11-7 އިން ކުރިހޯދައިގެންނެވެ.

މީގެ އިތުރުން އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ފާތީ ހޯދީ ފައިނަލުގައި ފަގީހާ އިބްރާހީމްގެ މައްޗަށް 7-5 އިން ކުރިހޯދައިގެންނެވެ.

މި ފަހަރުގެ މުބާރާތުގެ, ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ, މުހައްމަދު ޝަރީފް އާއި މުހައްމަދު ސަމީރްގެ ޕެއާ އެވެ. ފައިނަލުގައި މުހައްމަދު ސަމީރް އާއި މުހައްމަދު ޝަރީފްގެ ޕެއާ ނުކުތީ, އަބްދު الله އަފީފް އާއި އިސްމާއިލް ސުވައިދުގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ސަމީރް އާއި ޝަރީފްގެ ޕެއާ ކާމިޔާބުކުރީ 9-8 އިންނެވެ.

އަންހެން ޑަބަލްސް ފައިނަލުގައި އައިޝަތު އަލީ އާއި އާމިނަތު ފާތީގެ ޕެއާ ނުކުތީ ދީނާ އަހުމަދު އާއި އައިޝަތު ޔަޝްފާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ދީނާ އާއި ޔަޝްފާގެ ޕެއާ އިން ކާމިޔާބުކުރީ 5-7 އިންނެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު އާއި އާމިނަތު އަޒްރާގެ ޕެއާ އިން ހޯދީ ފައިނަލުގައި ދީނާ އަހުމަދު އާއި މުހައްމަދު އަކްޝަމް ވަހީދުގެ ޕެއާ ބަލިކޮށްގެންނެެވެ. ފައިނަލް ޝާޒް އާއި އަޒްރާގެ ޕެއާ ކާމިޔާބުކުރީ 7-6 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox