ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް އިތުރު ދައުރަކަށް ނާސިފް

May 4, 2026, 4:40 PM
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ޗެއާޕާސަން ނާސިފް.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ޗެއާޕާސަން ނާސިފް.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ޗެއާޕާސަންގެ މަގާމަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު ނާސިފް، އިތުރު ދައުރަކަށް އިންތިހާބުކޮށްފި އެވެ. 

މިއީ، ނާސިފް މި މަގާމަށް އިންތިހާބުވި ތިން ވަނަ ދައުރެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމު މީގެ ކުރިން އަދާކުރި، އަދި މިހާރު ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަނަކަށް ހުންނެވި، ނާސިފް، އެންމެ ފުރަތަމަ އެމްޕީބީއޭގެ ޗެއާމަނަކަށް އިންތިހާބުވީ 2018 ވަނަ އަހަރު އެވެ.

ނާސިފް، ދެ ވަނަ ދައުރަކަށް އިންތިހާބުވީ 2022 ވަނަ އަހަރު އެވެ. އަދި، މި ފަހަރުގެ އިންތިހާބުގައި، އިސްމާއިލް ރަޒީންއާ ވާދަކޮށް، ނާސިފް ވަނީ އިތުރު ދައުރަކަށް އެމްޕީބީއޭގެ ޗެއާމަންގެ މަގާމަށް އިންތިހާބުވެފަ އެވެ. 

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ.

ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފަަހަރުގެ އިންތިހާބުގައި، ވޯޓު ލެވޭ މެމްބަރުންގެ ތެރެއިން، 90 އަށް ވުރެން ބޮޑު އިންސައްތަ އެއް ވޯޓުގައި ބައިވެރިވެފައިވާ ކަމަށެވެ. އެ ގޮތުން، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 128 މެމްބަރުންގެ ތެރެއިން، 115 މީހުން ވަނީ ވޯޓުގައި ބައިވެރިވެފަ އެވެ. 

ޗެއާޕާސަނަކަށް ނާސިފް އިންތިހާބުވިއިރު، ވައިސް ޗެއާޕާސަން އަކަށް އިންތިހާބުވީ އަހުމަދު މާހިދު އެވެ. މާހިދު ކާމިޔާބު ހޯދީ ހަސަން ޝަފްރާޒް އާއި އަހުމަދު ޒިޔާއު ސައީދުއާ ވާދަކޮށެވެ.

ހަޒާންދާރުގެ މަގާމަށް ފާތިމަތު ރައުފާ މުހައްމަދު ހާފިޒް އިންތިހާބުވީ، ނަވާޒް ތައުފީގުއާ ވާދަކޮށެވެ. އާންމު މެމްބަރުންގެ ތެރެއިން އަންހެން މެމްބަރުގެ ޖާގަ އަށް އިންތިހާބުވީ، ފާތިމަތު އަރަފާ އާމިރުއާ ވާދަކޮށް، ފަގީހާ އިބްރާހިމް އެވެ. އާންމު މެމްބަރުންގެ ފިރިހެނުންނަށް ހާއްސަ ދެ ޖާގަ އަށް އިންތިހާބުވީ، އަލީ ޝާވިން އާއި ޔޫސުފް ޒުބައިރު އެވެ. 

ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުނީ، އާ ހިންގާ ކޮމިޓީގެ އަމާޒަކީ، ވޭތުވެދިޔަތަނުގައި ލިބިފައިވާ ކާމިޔާބީތަކަށް ބަލައި، މުސްތަގުބަލަށް މުހިންމު ކަންތައްތަކެއް ކުރުމަށް ފަހު، ޕޫލް ބިލިއާޑް އާ އުސްމިނަކަށް ގެންދިއުން ކަމަށެވެ. އެ ގޮތުން، މައިގަނޑު ގޮތެއްގައި، މަސައްކަތްކުރަން ހަމަޖެހިފައިވަނީ، ގްރާސްރޫޓާއި ޔޫތު ޑިވެލޮޕްމަންޓަށް މަސައްކަތް ކުރުމާއި މުބާރާތްތައް ކުރިއަށްވުރެން ފުޅާކޮށް ވާދަވެރިކޮށް ކުރިއަށްގެންދިއުމަށާއި ދެފުށްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެސޯސިއޭޝަން ހިންގުމުގެ އިތުރުން އަތޮޅު ތެރޭގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުުރުން ބިލިއާޑް ކޮމިއުނިޓީ ތެރޭގައި އެއްބައިވަންތަކަން ކުރިއަށް ވުރެން ރަނގަޅުކޮށް، ހުރިހާ ފަރާތަކާ ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox