ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާގެ ހަނދާނުގައި ފުވައްމުލަކުގައި ކްލިނިކެއް ހުޅުވައިފި

ފުވައްމުލަކުގައި އިއްޔެ ހުޅުވި ފުވައްމުލަކު މެޑިކަލް ސެންޓަރު: އެ ކްލިނިކުން ދަތުގެ ފަރުވާގެ އިތުރުން، ފިޒިއޮތެރަޕީ އާއި އަލްޓްރާ ސައުންޑުގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ސޯޝަލްމީޑިއާ

ފުވައްމުލަކުގައި އިއްޔެ ހުޅުވި ފުވައްމުލަކު މެޑިކަލް ސެންޓަރު: އެ ކްލިނިކުން ދަތުގެ ފަރުވާގެ އިތުރުން، ފިޒިއޮތެރަޕީ އާއި އަލްޓްރާ ސައުންޑުގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ސޯޝަލްމީޑިއާ

މީގެ ފަސް އަހަރުކުރިން، ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާގެ ހަނދާނުގައި އެ ސިޓީގައި ކްލިނިކެއް ހުޅުވައިފި އެވެ.

ފުވައްމުލަކު، ފުނާޑު އަވަށުގައި އިއްޔެ އެ ކްލިނިކް ހުޅުވީ ސަދާގެ ބައްޕަ، ސައުދުﷲ އަހުމަދު އާއި އާއިލާއިންނެވެ. އެ ކްލިނިކް ހިންގާނީ މާލޭގައި ހުންނަ ޗާމް ޑެންޓަލް އެންޑް ސްކިން ކެއާގެ އެހީތެރިކަމާއެކު އެވެ.

ސައުދުﷲ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކްލިނިކް ހާއްސަ ކުރަނީ މީގެ ފަސްއަހަރު ކުރިން މި ދުނިޔެއާ އަލްވަދާއުކީ އޭނާގެ ދަރިފުޅަށް ކަމަށެވެ.

Advertisement

"މިއީ ހަމައެކަނި މެޑިކަލް ސެންޓަރެއް ނޫން. މިއީ އަޅުގަނޑުގެ ލޯބިވާ ދަރިފުޅުގެ ހަނދާނަށް ހާއްސަ ކުރެވޭ ރަމްޒެއް، އެހެން މީހުންނަށް ވެދެވޭ އެހީތެރިކަމުން އެ ދަރިފުޅުގެ ހަނދާންތައް އަބަދުމެ އަޅުގަނޑުގެ ހިތުގައި ވާނެ،" ސައުދުﷲ ލިޔެފައިވެ އެވެ.

އެ ކްލިނިކުން ވަނީ ދަތުގެ ފަރުވާގެ ހުރިހާ ހިދުމަތްތެއް ތައާރަފުކޮށްފަ އެވެ. އެގޮތުން، ދަތް ހުދު ކުރުމާއި ސްކޭލިން ދަތުގައި ނަރުގަނޑު އެޅުވުމާއި ކްރައުނިން އަދި ރޫޓް ކެނެލިންގެ އިތުރުން ވެސް އެހެން ހިދުމަތްތައް އެ ކްލިނިކުންދެ އެވެ.

ސައުދުﷲ އަދަދު އަށް ބުނީ އެ ކްލިނިކުގައި ދާއިމީ ޑޮކްޓަރުންގެ ގޮތުގައި ޑެންޓިސްޓަކާއި މެޑިކަލް އޮފިސަރެއްގެ އިތުރުން ފިޒިއޮތެރަޕިސްޓެއް ހުންނާނެ ކަމަށެވެ.

"ރެޒިޑެންޓް ޑޮކްޓަރުންގެ ގޮތުގައި ޑެންޓިސްޓެއް، އެމްއޯއެއް، ފިޒިއޮތެރަޕިސްޓެއް ހުންނާނެ މިތަނުގައި، ދެން މާލޭގައި މަސައްކަތްކުރާ ސީނިއާ ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރުން ވަޑައިގަންނަވާނެ ކޮންމެ ދެ މަހަކުން އެއްފަހަރު،" ސައުދުﷲ ބުންޏެވެ.

އޭނާ ބުނީ އެ ކްލިނިކުން ފިޒިއޮތެރަޕީގެ ހިދުމަތާއި އަލްޓްރާ ސައުންޑް ސްކޭނިންގެ ހިދުމަތް ވެސް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށެވެ.

މި މަހު ވެސް. ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. އަލީ ލަތީފުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑެންޓިސްޓަކާއި ކަށީގެ ހާއްސަ ޑޮކްޓަރަކާއި ދަތުގެ ހާއްސަ ޑޮކްޓަރެއް އަދި، ސައިކޮލޮޖިސްޓެއް ވެސް ބެއްލެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަދާގެ މަރު: ކޯޓުން ބޭރުން ސުލްހަވުމުގެ ފުރުސަތު ދައުލަތުން ދޫކޮށްލައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންގެ އިހުމާލުން އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ ނިޔާވި މައްސަލާގައި މަދަނީ ބަދަލު ހޯދުމަށް އެދޭ މައްސަލަ ކޯޓުން ބޭރުން ސުލްހަކުރަން ދިން ފުރުސަތު ދައުލަތުން ދޫކޮށްލައިފި

ފުވައްމުލަކު މެޑިކަލް ސެންޓަރު، އެ ކުއްޖެއްގެ ހަނދާނަށް ހާއްސަކޮށްފައިވާ ސަދާ މަރުވޫ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޮކްޓޯބަރު 3، 2021 ގަ އެވެ. އާއިލާއިން އޭރު ތުހުމަތުކުރީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

އެޗްއާރުސީއެމްއަށް މައްސަލަ ތަހުގީގު ކުރަން ހުށަހެޅީ އާއިލާގެ ފަރާތުންނެވެ. ސަދާގެ ބައްޕަ ސައުދުﷲ ހަސަނަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން މައުލޫމާތު ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ވެސް ވަނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ޑޮކްޓަރުން ރަނގަޅަށް ބަލާފައި ނެތް ކަން ފާހަގަ ކޮށްފަ އެވެ. ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭން ޖެހޭ އިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަން ވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ސިއްހީ ކަންކަން ރަނގަޅުކުރުމަށް މިފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ބަލާ ސިއްހީ ހިދުމަތް ދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް އަބަދުވެސް ކުރާނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox